Advertisement

ފްލައިދުބާއީގެ ދަތުރުތައް އައްޑުއަށް ފަށަނީ

13 އޮކްޓޯބަރު 2022 - 05:02 0

ފްލައިދުބާއީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފްލައިދުބާއީގެ ދަތުރުތައް އައްޑުއަށް ފަށަނީ

13 އޮކްޓޯބަރު 2022 - 05:02 0

ބަޖެޓް އެއާލައިން، ފްލައިދުބާއީގެ އުދުހުންތައް އަންނަ ފެބުރުއަރީ 4 އިން ފެށިގެން ކޮންމެ ދުވަހަކު އައްޑުއަށް ބާއްވަން ނިންމައިފި އެވެ.

އެމިރޭޓްސް އިން ވެސް ކޯޑްޝެއާ އުސޫލުން ގަމަށް ޓިކެޓް ވިއްކާނެ އެވެ.

ފްލައިދުބާއީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޣައިތު އަލް ޣައިތު ވިދާޅުވީ ރާއްޖެއަކީ ގަލްފު ގައުމުތަކައި މަގުބޫލް މަންޒިލެއް ކަމަށާއި އެ އެއާލައިންގެ ދަތުރުތައް އައްޑުއަށް ފެށުމަކީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ޒިޔާރަތް ކުރަން ބޭނުންވާ ޓޫރިސްޓުންނަށް ލިބޭ ފަސޭހައެއް ކަމަށެވެ.

ގަމުން ދުބާއީ އަށް ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓުގެ އަގު 1،600 އެމެރިކާ ޑޮލަރުން ފަށާއިރު، އިކޮނޮމިކް ކްލާހުގެ ޓިކެޓްގެ ފެށޭ އަގަކީ 550 ޑޮލަރެވެ.

ފްލައިދުބާއީގެ އުދުހުންތައް އެންމެ ފުރަތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށީ 2013 ގަ އެވެ. އަންނަ އަހަރު ގަމަށް ދަތުރުތައް ފެށުމުން އެ އެއާލައިނުން ހަފުތާއަކު ރާއްޖެއަށް ކުރާ ދަތުރުގެ އަދަދު 28 އަށް އަރާނެ އެވެ.

ފްލައިދުބާއީގެ 100 ވަނަ މަންޒިލެއްގެ ގޮތުގައި ގަމަށް ދަތުރުތައް ފަށާތީ އައްޑޫ މޭޔަރު އަލީ ނިޒާރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.