Advertisement

ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ސާވޭ ހަދަން އެފްކޮންސްއަށް ހުއްދަ ދީފި

10 އޮކްޓޯބަރު 2022 - 14:58 0

ނިމާ ހަސަން

ނިމާ ހަސަން

ވިލިމާލެ ފަރުގައި ވަޅުގަނޑުތަކެއް؛ ލިބުނު ގެއްލުންތައް ދެނެގަތުމަށް ސާވޭ ހަދަން އެފްކޮންސްއަށް ހަތް ދުވަސް ދީފި -- ފޮޓޯ: އީޕީއޭ


ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ސާވޭ ހަދަން އެފްކޮންސްއަށް ހުއްދަ ދީފި

10 އޮކްޓޯބަރު 2022 - 14:58 0

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ، ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހެދި ސާވޭ އެ ކުންފުންޏަށް ކަމުނުދާ ކަމަށް ބުނުމުން އަމިއްލަ ސާވޭއެއް ހެދުމަށް ހަތް ދުވަސް ދީފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އީޕީއޭއިން ހެދި ސާވޭ އެފްކޮންސްއަށް ކަމުނުދިޔައީ ކީއްވެކަން ސާފު ނުވާ ކަމަށާއި، ސާވޭ ކުރާ ނަމަ، ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފަ އެވެ.

ފަރަށް ލިބުނު ގެއްލުންތައް ދަނެގަތުމަށް އީޕީއޭއިން ހެދި ސާވޭ ކަމުނުގޮސްގެން އަލުން ސާވޭ ހެދުމަށް އެދުމުން އެ ފުރުސަތު ދިން އިރު، ވަކި ގައުމެއްގެ ކުންފުންޏަކަށްވީތީ ވަކި ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.