Advertisement

އައިއެމްޓީއެމްގެ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ

9 އޮކްޓޯބަރު 2022 - 15:34 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

2019 ވަނަ އަހަރު ބޭއްވި މި ފޯރަމްގެ ބައިވެރިން. މިއަހަރު ވެސް ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން މި ފޯރަމްގައި ބައިވެރިވާނެ --- ފޮޓޯ: އައިއެމްޓީއެމް


އައިއެމްޓީއެމްގެ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ

9 އޮކްޓޯބަރު 2022 - 15:34 0

ދެމެހެޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއެރުވުމަށް އަމާޒުކޮށް އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓު (އައިއެމްޓީއެމް) އިން ބާއްވާ ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް (އެސްޓީއެފް) އަންނަ ނޮވެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

މިއީ މި ފޯރަމް ބާއްވާނެ ތިންވަނަ ފަހަރު ކަމަށްވާއިރު މިއަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ވަޓް އިޒް ޓޫރިޒަމް ސަސްޓެއިނިބިލިޓީ؟ އިންޓަޕްރެޓޭޝަންސް އެންޑް ޑިސްކޯސަސް އޮފް ޓޫރިަޒަމް ސަސްޓެއިނިބިލިޓީ އިން ދަ މޯލްޑިވްސް" ނުވަތަ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއެރުވުމާ ގުޅޭގޮތުންނެވެ.

މި ފޯރަމް ބާއްވަން އައިއެމްޓީއެމް އިން ނިންމާފައި ވަނީ ނޮވެމްބަރު 17 އިން 18 އަށެވެ. ދެ ދުވަހުގެ މުއްދަތަށް އޮންނަ ފޯރަމްގައި ޖުމުލަ ތިން ސެޝަންއެއް ބާއްވާނެ އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންގެ އެއްތަންވެ، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި ތިމާވެށީގެ ރޮނގުން ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ބައިނަލްއަގްވާމީ އެންމެ ބެސްޓު ޕްރެކްޓިސްގެ ތެރެއިން، ރިސާޗާއި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މި ފޯރަމްގައި މަޝްވަރާކުރާނެ އެވެ.

އަދި، ފޯރަމް ފަރުމާކޮށްފައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިބި ޓޫރިޒަމް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއި، ސަރުކާރާއި، މިނިވަން މުއައްސަސާތަކާއި އދ. އާ މެދު އޮންނަ ގުޅުން މިފަދަ ކަންކަމުގައި އަމަލީ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެ ގޮތަށެވެ.

އެސްޓީއެފް 2019 ގައި ބާއްވާފައި ވަނީ ދެމެހެއްޓެނިވި ޓޫރިޒަމްގެ ތެރެއިން ތަރައްގީ ގެނައުމާ ގުޅޭގޮތުންނެވެ. އަދި، އެންމެފަހުން 2020 ގައި މި ފޯރަމް ބޭއްވި ރޫރަލް ޓޫރިޒަމް ކުރިއެރުވުމާ ގުޅޭގޮތުންނެވެ.