Advertisement

ޔަމަނުގެ ވަގުތީ ސުލްހަ ނިމުމަކަށް އައިސްފި

4 އޮކްޓޯބަރު 2022 - 11:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަނގުރާމައިގައި ޔަމަނަށް ބޮޑު ގެއްލުންތަކެއް ދަނީ ލިބެމުން.


ޔަމަނުގެ ވަގުތީ ސުލްހަ ނިމުމަކަށް އައިސްފި

4 އޮކްޓޯބަރު 2022 - 11:56 0

ޔަމަނު ހަނގުރާމައަށް ގެނައި ހަ މަހުގެ ވަގުތީ ސުލްހަ ނިމުމަކަށް އައިސްފައިވާ ކަމަށް އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބް ހާންސް ގްރުންޑްބާގް ވިދާޅުވެއްޖެ އެވެ.

ގްރުންޑްބާގް ވިދާޅުވީ ސުލްހަ ނިމުމަކަށް އައި އިރު، އެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އޭނާ ގޮވާލެއްވީ ހުރިހާ ފަރާތްތަކުން ވެސް ހަމެޖެހުން ދެމެހެއްޓުމަށެވެ.

ގްރުންޑްބާގް ވިދާޅުވީ މަޝްވަރާ ކުރަމުން ދަނީ އިތުރު ހަ މަހަށް ވަގުތީ ސުލްހަ ދަމަހައްޓަން ކަމަށެވެ. އެކަމަކު އާދީއްތަ ދުވަހު ސުންގަޑި ހަމަވިއިރު އެއްބަސްވުމަކާ ހަމައަށް ނާދެވެ އެވެ.

ހަނގުރާމައަށް ގެނައި ވަގުތީ ސުލްހައިގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ.

ހަތް އަހަރު ކުރިން ފެށި ޔަމަނުގެ ދާހިލީ ހަނގުރާމަ ވަގުތީ ގޮތުން މެދުކަަނޑާލީ އެޕްރީލް މަހު އެވެ. އޭގެ ދެ މަސް ފަަހުން، މިދިޔަ ޖޫން މަހު ވަގުތީ ސުލްހައިގެ މުއްދަތު އިތުރު ދެ މަހަށް ދިގުދަންމަން އެއްބަސްވި އެވެ.

ތިން ވަނަ ފަހަރަށް ވަގުތީ ސުލްހައިގެ މުއްދަތު އޯގަސްޓް މަހު އިތުރުކޮށްފައިވާ އިރު، އެކަމަށް އެއްބަސް ނުވާނެ ކަމަށް ބުނެ ހޫތީ ހަނގުރާމަވެރިން އިންޒާރުދެމުން ދިޔަ އެވެ.

ސުންގަޑި ހަމަވުމުގެ ކުރިން ހަތަރު ވަނަ ފަހަރަށް ސުލްހައިގެ މުއްދަތު އިތުރު ނުކުރެވުނު އިރު، މަޝްވަރާއަށް ކުރިއެރުން ނުލިބެނީ ހޫތީންގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.