Advertisement

ބްރޫސް ވިލިސްގެ މޫނުގެ ރައިޓްސް ވިއްކާލި ވާހަކަ ދޮގުކޮށްފި

2 އޮކްޓޯބަރު 2022 - 17:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ އިޝްތިހާރެއްގައި ބްރޫސް ވިލިސްގެ ޑީޕްފޭކެއް ބޭނުންކޮށްފައި.


ބްރޫސް ވިލިސްގެ މޫނުގެ ރައިޓްސް ވިއްކާލި ވާހަކަ ދޮގުކޮށްފި

2 އޮކްޓޯބަރު 2022 - 17:45 0

ހޮލީވުޑްގެ އެކްޓަރު ބްރޫސް ވިލިސްގެ މޫނުގެ ރައިޓްސް ވިއްކާލާފައިވާ ކަމަށް ފެތުރުނު ރިޕޯޓުތައް އޭނާގެ އޭޖެންޓު ދޮގުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ބައެއް ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި މޫނުގެ ރައިޓްސް ވިއްކާލަން ބްރޫސް ވިލިސް ނިންމީ "ޑީޕްކޭކް" ނަމަކަަށް ކިޔާ ޑީޕްފޭކް ކުންފުންޏަކަށެވެ. އޭގެ ކުރިން މީހެއްގެ މޫނުގެ ރައިޓްސް ދުވަހަކު ވެސް ވިއްކާފައެއް ނުވެ އެވެ.

އެހެން ނަމަވެސް ބްރޫސް ވިލިސްގެ އޭޖެންޓު ބުނީ "ޑީޕްކޭކް" ކުންފުންޏާ އެކު އެއްވެސް އެއްބަސްވުމެއް އަދި ބައިވެރިވުމެއް ވެސް ނޯންނާނެ ކަމަށެވެ.

އޭގެ އިތުރުން "ޑީޕްކޭކް" ގެ އޮފިޝަލަކު ބުނީ ބްރޫސް ވިލިސްގެ މޫނުގެ ރައިޓްސް އޮތީ ހަމައެކަނި ބްރޫސް ވިލިސްގެ އަތުގައި ކަމަށެވެ.

ބްރޫސް ވިލިސް އެކްޓިން ދާއިރާއިން ރިޓަޔާ ކުރީ މިދިޔަ މާޗް މަހު "އެފޭސިއާ" ކުރިމަތިވުމުންނެވެ. އެއީ ސްޕީޗް ނުވަތަަ ވާހަކަ ދެއްކުމުގައި މައްސަލައް ދިމާވާ ސިއްހީ ހާލަތެކެވެ.

ޑީޕްފޭކަކީ އާޓިފިޝަަލް އިންޓެލިޖަންސް (އޭއައި) އާއި މެޝިން ލާނިން ޓެކްނޮލޮޖީ ބޭނުންކޮށް، އަސްލާ ވަރަށް އެއް ވައްތަރުކޮށް މީހުންގެ ވީޑިއޯ އުފެއްދުމެވެ.

އެކްޓް ކުރުމާ ދުރަށް ދާން ޖެހޭ މަގްބޫލް ތަރިންނަށް ޑީޕްފޭކަކީ މުހިއްމު ޓެކްނޮލޮޖީއެއް ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ބްރޫސް ވިލިސްގެ މޫނުގެ ރައިޓްސް ވިއްކާލި ކަމަށް ގިނަ ނޫސްތަކުން ހަބަރު ފެތުރި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް ބުނެފައިވާ އިރު، ރަޝިއާގެ ކުންފުނި މެގަފޯންއިން މިދިޔަ އަހަރު ބްރޫސް ވިލިސްގެ ޑީޕްފޭކެއް ބޭނުންކޮށް އިޝްތިހާރެއް އުފެއްދި އެވެ.

އެ އިޝްތިހާރު އުފެއްދުމުގައި "ޑީޕްކޭކް" ކުންފުނި ވެސް ބައިވެރިވި އެވެ. އެ ކުންފުނިން ބުނީ އެ އިޝްތިހާރުގެ މަސައްކަތް ކުރީ ބްރޫސް ވިލިސްގެ ހުއްދައާ އެކު ކަމަށެވެ.