Advertisement

ނާސާގެ ކުރީގެ އެސްޓްރޮނޯޓަކާ ބައްދަލުކުރުމުގެ ފުރުސަތު ދިވެހިންނަށް

2 އޮކްޓޯބަރު 2022 - 11:46 0

ނިމާ ހަސަން

ނިމާ ހަސަން

ކުރީގެ ނާސާ އެސްޓްރޮނޮޓް، ހައިޑެމަރީ ސްޓެފަނިޝިން-ޕައިޕާ


ނާސާގެ ކުރީގެ އެސްޓްރޮނޯޓަކާ ބައްދަލުކުރުމުގެ ފުރުސަތު ދިވެހިންނަށް

2 އޮކްޓޯބަރު 2022 - 11:46 0

ނާސާގެ ކުރީގެ އެސްޓްރޮނޮޓެއް ކަމަށްވާ ހައިޑެމަރީ ސްޓެފަނިޝިން-ޕައިޕާ އާ ބައްދަލުކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިއްޖެ އެވެ.

އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބެނީ އޭނާ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްގަ އެވެ. އެގޮތުން، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:40 އިން 12:00 އަށް ނެޝަނަލް މިއުޒިއަމްގައި އޭނާއާއެކު މީޓް އެންޑް ގްރީޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައިޑެމަރީއާ ބައްދަލު ކުރުމަށް ގޫގުލް ފޯމެއް މެދުވެރިކޮށް ސައިންއަޕް ވާން ޖެހެ އެވެ.

އެސްޓްރޮނޮޓް ކެންޑިޑޭޓެއްގެ ގޮތުގައި ހައިޑެމަރީ ހޮވުނީ 1996 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާ ވަނީ 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ވެސް ސްޕޭސް ވޯލްކަކަށް ގޮސްފަ އެވެ.