Advertisement

ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި

2 އޮކްޓޯބަރު 2022 - 10:26 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ފަޅުވެރިޔާ މޫދު އަޑިން ނަގަނީ: އޭނާ މޫދުން ނެގިއިރު އޮތީ މަރުވެފައި ކަމަށް ބެލެވޭ -- ފޮޓޯ: އެމްއެމްޑީއެފް


ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި

2 އޮކްޓޯބަރު 2022 - 10:26 0

އިއްޔެ ބަނޑުން ޖަހާލި ބޯޓަކުން އަޑިއަށް ގޮސް އެ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

އޭނާ ގެއްލުނީ ސެޕްޓެމްބަރު 28، ގައި އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރަށް އެ ބޯޓު އަޑިއަށް ދިޔުމުންނެވެ. އޭރު އެ ބޯޓުގައި ތިބީ ހަތް ފަޅުވެރިންނެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުގެ ސެކަންޑް ސްކޮޑްރަންގައި ހަރަކާތްތެރިވާ "ހަކުރާ" ލޯންޗުން ކުރަމުން ދަނިކޮށް އޭނާ ފެނުނީ އިއްޔެ ހަވީރު 05:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އޭނާ ފެނުނުއިރު އޮތީ މަރުވެފައިކަން ނުވަތަ ނޫންކަން ބުނަން ސިފައިން ވަނީ ދެކޮޅު ހަދައިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ރޭ 7:30 ހާއިރު 59 އަހަރުގެ ބިދޭސީއެއް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭނާ ގެނައި އިރުވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

ބަންޑުން ޖަހާލި ބޯޓުގެ ފަޅުވެރިން މާލެ ގެނެސް-- ފޮޓޯ: އެމްއެންޑީއެފް


އެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ހަ މީހުން ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އެ މީހުން މާލެ ގެނެސްފައި ވަނީ ރޭ 23:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިންޑިޔާއަށް ނިސްބަތްވާއެމި ހަ ފަޅުވެރިން މާލެ ގެނައި އިރު އެންމެންގެ ހާލު ވެސް ރަނގަޅެވެ. ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އެ މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.