Advertisement

ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

1 އޮކްޓޯބަރު 2022 - 21:18 0

ނިމާ ހަސަން

ނިމާ ހަސަން

ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ


ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

1 އޮކްޓޯބަރު 2022 - 21:18 0

ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވަތުރާ ރާއްޖެ ވަޑައިގެންފި އެވެ.

ވިނޭ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފުގެ ދައުވަތަކަށް މިއަދު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ވެސް އަހުމަދު ލަތީފެވެ.

ތިން ދުވަހުގެ މި ދަތުރު ނިންމަވާލެއްވުމަށްފަހު ވިނޭ ރާއްޖެއިން ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. މިއީ މޭ މަހު އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ވަޑައިގެންނެވުމަށްފަހު ވިނޭ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

މި ދަތުރުގައި އޭނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ގައުމުގެ ފޮރިން ސެކްރެޓަރީން ބައްދަލު ކުރެއްވުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.