Advertisement

ޓެސްލާއިން އުފައްދާ "ހިޔުމަނޮއިޑް" ރޮބޮޓް ދައްކާލައިފި

2 އޮކްޓޯބަރު 2022 - 05:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓެސްލާއިން އުފެއްދި ރޮބޮޓް ދައްކާލަނީ.


ޓެސްލާއިން އުފައްދާ "ހިޔުމަނޮއިޑް" ރޮބޮޓް ދައްކާލައިފި

2 އޮކްޓޯބަރު 2022 - 05:32 0

ބިލިއަނަރު އެލޮން މަސްކްގެ ކަރަންޓު ކާރު ކުންފުނި ޓެސްލާއިން އުފައްދާ "ހިޔުމަނޮއިޑް" ރޮބޮޓްގެ އެންމެ ފަހުގެ ޕްރޮޓޯޓައިޕް ދައްކާލައިފި އެވެ.

އޮޕްޓިމަސްގެ ނަން ދީފައިވާ އެ ރޮބޮޓަކީ އިންސާނުންނާ އެއް ވައްތަރުކޮށް އުފައްދާ "ހިޔުމަނޮއިޑް" ރޮބޮޓެކެވެ. އޭގެ ޕްރޮޓޯޓައިޕް ދައްކާލީ ހާއްސަ ހަފުލާއެއްގައި މަސްކް އެވެ.

އެ ރޮބޮޓް ސްޓޭޖް މައްޗަށް ހިނގާފައި ނިކުމެ، އޯޑިއެންސަށް އިޝާރާތްކޮށް، ކަކޫ މައްޗަަށް ތިރިވެ ހަދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

މަސްކް ބުނީ އެ ރޮބޮޓް ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި މަދު އަަހަރުތަކެއްގެ ތެރޭގައި އާއްމުންނަށް އޭތި ވިއްކަން ފެށުމުގެ އުއްމީދު ބޮޑު ކަމަށެވެ.

ކުންފުނީގެ އިންޖިނިއަރުން ބުނީ ރޮބޮޓުތައް ޓެސްޓު ކުރާނީ ކާރު ފެކްޓްރީތަކުގެ އެކި ވަޒީފާތައް ހަވާލުކޮށްގެން ކަމަށެވެ. މިހާރު ވެސް އޮޕްޓިމަސް ރޮބޮޓަށް ކުދި ކަންކަން ކުރެވެ އެވެ.

މަސްކް ބުނީ ރޮބޮޓުތައް އުފައްދަނީ އެއް ފަހަރާ ގިނަ އަދަދުތަކުން ކަމަށާއި އުފެއްދުމަށް ހޭދަވާނީ 20،000 ޑޮލަރަަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ.

ކުރިއަށް އޮތް 3-5 އަހަރުގެ ތެރޭގައި އެ ރޮބޮޓު މާކެޓަށް ނެރެވޭނެ ކަމަށް މަސްކް ދެކެ އެވެ. މަސްކް މީގެ ކުރިން ބުނީ އޭނާގެ އަމާޒަކީ އިންސާނުންނާ އެއް ފެންވަރަށް މަސައްކަތް ކުރެވޭ ރޮބޮޓެއް އުފެއްދުން ކަމަަށެވެ.