Advertisement

މެކްސިކޯގައި ހައްޔަރު ކުރި ޔަހޫދީ ގްރޫޕްގެ ވެރިން ދޫކޮށްލައިފި

1 އޮކްޓޯބަރު 2022 - 20:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަހޫދީ ގްރޫޕްގެ މެމްބަރުން ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު. -- ފޮޓޯ: އީޕީއޭ


މެކްސިކޯގައި ހައްޔަރު ކުރި ޔަހޫދީ ގްރޫޕްގެ ވެރިން ދޫކޮށްލައިފި

1 އޮކްޓޯބަރު 2022 - 20:49 0

ހިޔުމަން ޓްރެފިކިން އާއި ރޭޕް ފަދަ ބޮޑެތި ޖިންސީ ކުށުގެ ތުހުމަތުގައި މެކްސިކޯގެ ޖަންގައްޔަކުން ހައްޔަރު ކުރި ޔަހޫދީ ގްރޫޕުގެ ވެރިން ދޫކޮށްލައިފި އެވެ.

އެ ތުހުމަތުތަކުގައި ހައްޔަރު ކުރީ ޔަަހޫދީ ގްރޫޕުގެ ދެ މީހުންނެވެ. އެ މީހުންގެ ވަކީލު ބުނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ މީހުން ދޫކޮށްލި ކަމަށެވެ.

އެ ދެ މީހުންގެ އިތުރުން ޖަންގަލީގެ ކޮމްޕައުންޑުގައި އުޅެމުން ދިޔަ ގިނަ ބަޔަކު ބަންދު ކުރި އެވެ. ނަމަވެސް, މިދިޔަ ބުދަ ދުވަަހު އޭގެ ތެރެއިން 20 މީހުން ވަނީ ފިލައިފަަ އެވެ.

ހިބްރޫ ބަހުން ލޭވް ތަހޯރްގެ މާނައަކީ ސާފު ހިތެވެ. އެ މަަޒުހަބަކީ ހަރުކަށި ފިކުރުތަކެއް ގެންގުޅޭ މަޒުހަބެކެވެ. އެގޮތުން ކުޑަކުދިން ކައިވެނި ކުރުވުމަަށް ހިތްވަރު ދީ، ކުދި ކަންކަމަށް ބޮޑެތި އަަދަަބުތައް ދީ، އުމުރުން ތިން އަހަަރުން ފެށިގެން އަންހެން ކުދިން ބުރުގާ އަޅަން މަޖުބޫރު ކުރެ އެވެ.

އެހެންވެ، އެ މަޒުހަބަށް ވަނަމެއްގެ ގޮތުން ޔަހޫދީ ތާލިބާނުން ވެސް ކިޔައި އުޅެ އެވެ. އެއީ އަފްގާނިސްތާނުގެ ތާލިބާނުން ފަދައިން އަންހެނުންގެ ހެދުން އެޅުމުގެ ކަންކަން ހަރުކަށިކޮށް ކޮންޓްރޯލް ކުރާތީ އަދި ވިސްނުން އެއްގޮތްކަމުންނެވެ.

މެކްސިކޯގެ ނޫސްތަކުން ބުނީ އެ މަޒުހަބުގެ މެމްބަރުން ބަންދުކުރި ދުވަހުން ފެށިގެން އެކަމާ ދެކޮޅަށް ހަރުތާޅު ކުރަމުން ދިޔަ ކަމަށެވެ.

ބަންދުކޮށްފައި ތިބި މަރުކަޒުން ނިކުމެ ގާޑަކަށް ހަމަލާ ދިނުމަށް ފަހު އެ މީހުން ދިޔަ ތަނެއް ސާފެއް ނޫނެވެ. އެސޯސިއޭޓެޑް ޕްރެސްއިން ބުނީ އެ މީހުން ލޮރީއަކަށް އަރައިގެން ގުއާޓެމާލާގެ ބޯޑަރާ ދިމާލަށް ދަތުރު ފެށި ކަމަށެވެ.

ޔަހޫދީންގެ އެ މަޒުހަބުގެ ލީޑާޝިޕް ހިންގަނީ ގުއާޓެމާލާގަ އެވެ. އެ މީހުންނާ ގުޅިފައިވާ ރަހީނު ކުރުމުގެ މައްސަލައެއް 2018 ވަަނަ އަހަރުން ފެށިގެން ކުރިއަށް އެބަދެ އެވެ.

އެ މަޒުހަބުގެ ނުވަ މީހުންނާ ދެކޮޅަށް ދައުވާ އުފުލާފައިވާ އިރު، ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ލޭވް ތަހޯރްއަކީ 1988 ވަނަ އަހަރު އިޒްރޭލުގައި އުފެދުނު ބަޔެކެވެ. އެ މަޒުހަބުގެ 350 މެމްބަރުން އުޅޭ ކަމަށްވެ އެވެ.