Advertisement

މޮޅަކާ އެކު ބަޔާން އަށް ހަމަޖެހުމެއް

1 އޮކްޓޯބަރު 2022 - 12:01 0

ބަޔާން ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މޮޅަކާ އެކު ބަޔާން އަށް ހަމަޖެހުމެއް

1 އޮކްޓޯބަރު 2022 - 12:01 0

މިއުނިކް (އޮކްޓޫބަރު 1) - ޖަރުމަނު ލީގުގައި ރޭ ބަޔާ ލެވަކޫސަން އަތުން 4-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ހަމަޖެހުމެއް ހޯދައިފި އެވެ.

މި މެޗުގެ ކުރިން ބަޔާނުން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި، އެ ޓީމު އޮތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ. އެކަމަކު، ރޭގެ މެޗުން މޮޅުވެ ބަޔާން މިހާރު ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބަޔާނަށް ވަނީ އަށް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މޮޅުވެއްޖެނަމަަ ބަޔާނަށް ވުރެ ކުރިއަށް ޖެހިލެވޭނެ އެވެ.

ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ލެރޯއި ސާނޭ ބަޔާނަށް ލީޑުނަގައިދިނީ ޖަމާލް މުސިއާލާ ދިން ބޯޅައަކުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި މުސިއާލާ ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ތޯމަސް މުލާ ދިން ބޯޅައަކުން މުސިއާލާ އޭރިއާތެރެއިން ޖެހި ގޯލެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 38 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ސަޑިއޯ މާނޭ އެވެ. އޭރިއާ ރޮނގުމަތިން ލިބުނު ފުރުސަތަކުން މާނޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެެވެ. ދެ ވަނަ ހާފުގައި މާނޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ބަޔާންގެ ހަތަރު ވަނަ ގޯލު ޖެހީ މުލާ އެވެ. މިއީ ލެވަކޫސަންގެ ކީޕަރު ލޫކަސް ރަޑޭސްކީ ހެދި ގޯހެއްގެ ފައިދާނަގައި، މުލާ ޖެހި ގޯލެކެވެ.

ރޭގެ މެޗަށް ނުކުތްއިރު، ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް ވެސް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތެވެ.

މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ނާގަލްސްމަން ބުނީ ފާއިތުވި ދުވަސްތަކުގައި ބަޔާންގެ ކުޅުންތެރިންނާއި އޭނާއާ ބެހޭގޮތުން މީޑިއާގައި ހަގީގަތާ ހިލާފު ގިނަ ވާހަކަަތަކެއް ލިޔެފައިވާ ކަމަށާއި އޭގެ ޖަވާބު ދޭން ބަޔާނުން ނިންމީ ދަނޑުމަތިން ކަމަށެވެ.