Advertisement

ނަންބަރު ބޯޑު ގަވައިދަށް ނުފެތޭނަމަ މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ

1 އޮކްޓޯބަރު 2022 - 12:24 1

ނިމާ ހަސަން

ނިމާ ހަސަން

ސޯސަން މަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކެއް؛ ނަންބަރު ބޯޑު ގަވައިދަށް ނުފެތޭނަމަ މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނޭ


ނަންބަރު ބޯޑު ގަވައިދަށް ނުފެތޭނަމަ މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ

1 އޮކްޓޯބަރު 2022 - 12:24 1

އެއްގަމު އުޅަނދުތަކުގެ ނަމްބަރު ބޯޑު ގަވާއިދަށް ނުފެތޭ ނަމަ، މިއަދުން ފަށައިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވައިދާ އެއްގޮތަށް ބަދަލުކޮށްފައި ނުވާ ނަމަ މި އޮކްޓޯބަރު މަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

ގަވާއިދުގައިވާ ގޮތުން އެއްގަމު އުޅަނދުގައި ހަރުކުރާ ނަންބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ބޯޑު ތައްޔާރުކޮށްގެން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

ސައިކަލެއް ނަމަ ސައިކަލުގެ ކުރީ ބޯޑު ހުންނަން ވާނީ 80mm x 135mm އަށެވެ. އަދި ފަހަތު ބޯޑު ހުންނަން ވާނީ 110mm x 180mm އަށެވެ. އަދި ކާރެއް ނަމަ ކާރުގެ ކުރިއާއި ފަހަތުގެ ބޯޑު ވެސް ހުންނަން ވާނީ 160mm x 280mm އަށް ކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.

އޭގެ އިތުރަށް ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ބޯޑުގެ ބޭރަށް ނުކުމެފައި ހުރުމަކީ ވެސް މަނާ ކަމެކެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގައި މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް މިފަހަކަށް އައިސް ސައިކަލުތަކާއި ކާރުތަކުގައި އެ މިންގަނޑަށް ނުފެތޭ ނަންބަރު ބޯޑުތައް ބޭނުންކުރަމުން އެބަ ދެ އެވެ. އެގޮތުން، އޭރިއަލް ބޯލްޑް ފޮންޓު ނޫން އެހެން ފޮންޓުތަކާއި، ނަންބަރުތައް ވަކިން ކަނޑާނަގައިގެން އަދި އުފުލިފައި ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ ބޯޑުތައް ރާއްޖޭގައި ބޭނުންކުރަމުން އެބަ ދެއެވެ.