Advertisement

ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ މައްސަަލައިގައި ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން ނުލިބޭ ކަމަށް ބުނެފި

1 އޮކްޓޯބަރު 2022 - 10:12 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފުށިދިއްގަރު ފަރަށް ދޯންޏެއް އަރާފައި؛ ޓަގް ބޯޓެއް އެރި މައްސަލައިގައި ދައުވާ ކުރަނީ - ފޮޓޯ: އެމްއެންޑީއެފް


ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ މައްސަަލައިގައި ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން ނުލިބޭ ކަމަށް ބުނެފި

1 އޮކްޓޯބަރު 2022 - 10:12 1

ކ. ފުށިދިއްގަރު ފަރަށް 2015 ވަނަ އަހަރު ބާޖަކާއި ޓަގު ބޯޓެއް އުރުނު މައްސަލައިގައި 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދައްކާފައިނުވި ނަމަވެސް އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނީ ބައެއް އިތުރު ލިޔެކިޔުން ލިބިގެން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ދެހާސްފަނަރަވަނަ އަހަރުގެ ޑިސެމްބަރު ފުށިދިއްގަރު ފަރަށް އެރީ މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓަކާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެކެވެ. އެ މައްސަލާގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް ޖޫރިމަނާ ކުރީ މާޗު، 2018 ގަ އެވެ. އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ދައުވާކޮށްދިނުމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން އޮތީ އެދިފަ އެވެ.

"ބައެއް ލިޔެކިއުންތަކާއި މައުލޫމާތު ފޮނުވަން އީޕީއޭގައި ދެންނެވިފައިވާނެ، ލިޔެކިއުން ލިބުމުން، ދައުވާ ކުރަން ފޮނުވޭނެ،" އޭޖީ އޮފީހުން "އަދަދު"އަށް ހިއްސާކުރި މެސެޖެއްގައި އެވެ.

އެ ފައިސާ ނުދައްކާ ހަތަރު އަހަރު ތިބުމަށްފަހު މެއިންލޭންޑް ޝިޕިން އިން ލުޔެއް ދޭން ވެސް އެދުނެވެ. އެކަމަކު ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ލުއި ދޭން ނުނިންމައި ފަހު މުހުލަތެއްގެ ގޮތުގައި 15 ދުވަސް ދިނެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ އޭޖީ އޮފީހުން ބައެއް ލިޔެކިއުންތައް ބޭނުންވާ ކަން ބަޔާންކޮށް އީޕީއޭއަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިޔެކިއުންތައް ފޮނުވޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް އޭޖީ އޮފީހުގެ ސިޓީއެއް ވަނީ ލިބިފަ. އޭގައި ބުނާ ލިޔެކިއުންތައް ވަރަށް އަވަހަށް ފޮނުވާނަން،" ނައީމް ވިދާޅުވި އެވެ.

އެ ހާދިސާގައި ފަރުގެ ގާތްގަނޑަކަށް 4370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވެފައިވެ އެވެ. އެ ގެއްލުމުގެ އަގު ގާތްގަނޑަކަށް 110 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ. ނަމަވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާ އެވެ.