Advertisement

ޔޫކްރެއިންގެ ހަތަރު ހިސާބެއް ރަޝިއާގެ ދަށަށް ގެންދަން ނިންމައިފި

1 އޮކްޓޯބަރު 2022 - 06:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިންގެ ހަތަރު ހިސާބެއް ރަޝިއާގެ ދަށަށް ގެންދަން ނިންމައިފި

1 އޮކްޓޯބަރު 2022 - 06:45 0

ޔޫކްރެއިންގެ ހަތަރު ހިސާބެއް ރަޝިއާގެ ދަށަށް ގެންދަން ނިންމައި އެކަމުގެ ލިޔެކިޔުންތަކުގައި ރައީސް ލެޑިމިއަ ޕުޓިން ހުކުރު ދުވަހު ސޮއިކުރައްވައިފި އެވެ.

"މިއީ އެތައް މިލިއަން ބަޔެއްގެ ނިންމުން،" ސެއިންޓް ޖޯޖަޒް ހޯލްގައި ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ޕުޓިން ވިދާޅުވި އެވެ.

"ލުހާންސްކް، ޑޮނެސްކް، ހާސަން އަދި ޒަޕޮރިއްޒިޒިއާގައި ދިރިއުޅޭ މީހުން ނިންމީ އަޅުގަނޑުމެންގެ ބައިވެރިންނަށް ވުމަށް."

ޕުޓިން ދެއްވި 37 މިނެޓުގެ ސްޕީޗުގައި ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ލިޔެކިޔުންތަކުގައި ސޮއިކުރީ ރަޝިއާއިން އެ ހަތަރު ސަރަހަައްދަށް ކަަނޑައަޅާފައި ތިބި ވެރިންގެ ހާޒިރުގަ އެވެ.

ރަޝިއާގެ ދަށަށް އެ ތަންތަން ގެންދިޔަކަން ރަސްމީކޮށް އިއުލާނު ކުރިއިރު، އާއްމުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓު ނެގީ މީގެ ތިން ދުވަސް ކުރިންނެވެ.

ރަޝިއާއިން ބުނާ ގޮތުގައި 99 ޕަސެންޓު މީހުން ބޭނުންވީ ޔޫކްރެއިނާ ވަކިވެ، ރަޝިއާއާ ގުޅުމަށެވެ. އެހެން ނަމަވެސް ޔޫކްރެއިނާއި ހުޅަނގުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.

ޔޫކްރެއިނާއި އެމެރިކާ އަދި އދ. ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ އެ ހަތަރު ސަރަަހައްދު ރަޝިއާގެ ދަށަށް ގެންދިޔުމުގައި އެއްވެސް ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.

ހުކުރު ދުވަހުގެ ހަފްލާގައި ޕުޓިން ޔޫކްރެއިނަށް ގޮވާލެއްވީ ހަނގުރާމަ ކުރުން ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށެވެ. ޔޫކްރެއިން ސަރުކާރުން ބުނީ ރަޝިއާއިން ހިފި ހުރިހާ ތަނެއް އަނބުރާ ހޯދާނެ ކަމަށެވެ.

އޭގެ އިތުރުން އެ ހަތަރު ސަރަހައްދު ރަޝިއާގެ ދަށަަށް ގެންދިޔުމުން މަޝްވަރާއަށް އޮތް ހަނި ފުރުސަތު ވެސް ގެއްލިފައިވާ ކަމަށް ޔޫކްރެއިނުން ބުންޏެވެ.

ރަޝިއާއިން ވަަނީ 2014 ވަނަ އަހަރު ހަމަ މިގޮތަށް ޔޫކްރެއިންގެ ކްރައިމިއާގެ ކޮންޓްރޯލް ވެސް ހޯދައިފަ އެވެ. އެހެންކަމުން މިހާރު ޔޫކްރެއިން ބިމުގެ 22 ޕަސެންޓް އޮތީ ރަޝިއާގެ ދަަށުގަ އެވެ.