Advertisement

އާ ރަންވޭ ހުޅުވަން ވީއައިއޭގެ އޮޕަރޭޝަންސް 8 ގަޑިއިރަށް މެދުކަނޑާލަނީ

30 ސެޕްޓެންބަރު 2022 - 15:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އާ ރަންވޭ ހުޅުވަން ވީއައިއޭގެ އޮޕަރޭޝަންސް 8 ގަޑިއިރަށް މެދުކަނޑާލަނީ

30 ސެޕްޓެންބަރު 2022 - 15:11 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އާ ރަންވޭ ރަސްމީކޮށް ހުޅުވާ ރަސްމިއްޔާތަށް، އެއާޕޯޓުގެ ހުރިހާ ދަތުރުތައް އޮކްޓޯބަރު 5 ވާ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން އަށް ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ގައި ވާހަކަ ދައްކަވަމުން ދެއްވަމުން ވީއައިއޭގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސެއިން ވިދާޅުވީ އޮކްޓޯބަރު މަހުގެ 6 ވާ ބުރާސްފަތި ދުވަހު އާ ރަންވޭ ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން، ރަންވޭ ހުޅުވުމަށް ބުދަ ދުވަހުގެ ރޭގަނޑު 11:00 ވަނަ ދުވަހު އެއާޕޯޓުގެ ހުރިހާ މޫވްމަންޓެއް މެދުކަނޑާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަ ވަނަ ދުވަހު ރަންވޭ ހުޅުވުމަށް ތައްޔާރުވުމަށް ޓަކައި ފަސް ވަނަ ދުވަހުގެ ރޭ 11:00 ޖަހާއިރު ހުރިހާ މޫވްމަންޓުތަކެއް ހުއްޓާލާނަން. ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ވެސް،" އިބްރާހިމް ހުސެއިން ވިދާޅުވި އެވެ.

އާ ރަންވޭ ހުޅުވުމަށްފަހު، އެއާޕޯޓުގެ އޮޕަރޭޝަންސް އަލުން ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ރަންވޭ ނުހުޅުވި ލަސްވެގެން ގޮސްފައިވަނީ އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ދިގުލައިގެން ދިޔުމުންނެވެ. ނަމަވެސް، އާ ރަންވޭ އާއެކު އާ ސީޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ހުޅުވާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

އެ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތަނުގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.