Advertisement

މާޒިޔާގެ ޗެއާމަން ސާޖިދު ފަސް ވަނަ ދައުރަކަށް އިންތިހާބުކޮށްފި

29 ސެޕްޓެންބަރު 2022 - 23:52 0

މާޒިޔާގެ ޗެއާމަން ސާޖިދު: އޭނާ ވަނީީ ފަސް ވަނަ ދައުރަކަށް އެ މަގާމަށް އިންތިހާބުކޮށްފައި.


މާޒިޔާގެ ޗެއާމަން ސާޖިދު ފަސް ވަނަ ދައުރަކަށް އިންތިހާބުކޮށްފި

29 ސެޕްޓެންބަރު 2022 - 23:52 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިންތިހާބުގައި އެ ކްލަބުގެ ޗެއާމަންގެ މަގާމަށް ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް އަހުމަދު ސާޖިދު, މިރޭ އިންތިހާބުކޮށްފި އެވެ.

މާފަންނު ޔޫތު ސެންޓަރު ސެމިނާ ރޫމުގައި މިރޭ އޮތް މާޒިޔާގެ އިންތިހާބުގައި ކްލަބުގެ ހިންގާ ބޯޑުގެ މަގާމުތަކަށް ހޮވުނު ހުރިހާ ފަރާތެއް ވެސް ވަނީ ވޯޓަކާ ނުލައި އިންތިހާބުވެފަ އެވެ. އެއީ ހިންގާ ބޯޑުގެ އެއްވެސް މަގާމަކަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިނުލާތީ އެވެ. އެހެންކަމުން، މި ފަހަރު ވެސް އެ ކްލަބުގެ ބޯޑަށް އިންތިހާބުވީ 2017 ވަނަ އަހަރު ވެސް ބޯޑަށް އިންތިހާބުވި މެމްބަރުންނެވެ.

މާޒިޔާގެ ޗެއާމަންގެ ގޮތުގައި ސާޖިދު ވަނީ 20 އަހަރު ހޭދަކުރައްވައިފަ އެވެ. އެހެންކަމުން، ސާޖިދަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ޗެއާމަނެއްގެ ގޮތުގައި މެދުނުކެނޑި އެންމެ ގިނަ އަހަރު ހޭދަކުރައްވާފައިވާ ފަރާތެވެ.

ސާޖިދުގެ ޗެއާމަންކަމުގެ ދަށުން، މާޒިޔާ ވަނީ އެންމެ ހަރުދަނާ މެނޭޖްމަންޓް އޮތް ކްލަބަށް ވެފަ އެވެ. ދެހާސް ހަ ވަނަ އަހަރުން ފެށިގެން، މެދުކެނޑިމެއް ނެތި ފުރަތަމަ ޑިވިޝަންގައި އޮތް ކްލަބަކީ ފާއިތުވި ތިން އަހަރު ދިވެހި ލީގު ޗެމްޕިއަނުންނެވެ. އަދި މިދިޔަ ސީޒަންގެ އެފްއޭ ކަޕް ވެސް އެ ކްލަބުން ކާމިޔާބުކުރި އެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި މާޒިޔާގެ އިންތިހާބުގެ ތެރެއިން.--


މާޒިޔާގެ ބޯޑުގެ އެހެން މަގާމުތަކުގެ ތެރެއިން ވައިސް ޗެއާމަން (ސްޕޯޓްސް) އަށް ހޮވުނީ އަބްދުﷲ މޫސަ އެވެ. އަދި ވައިސް ޗެއާމަން (އެޑްމިން) އަކަށް އިބްރާހިމް ވަހީދު ހޮވުނުއިރު، ވައިސް ޗެއާމަން (ސޯޝަލް) އަށް ހޮވުުނީ އަބްދުލް މުހައިމިން އެވެ. ވައިސް ޗެއާމަން (ފައިނޭންސް) އަށް ހޮވުނީ މުހައްމަދު ނައީމް އެވެ.

ކްލަބުގެ ހަޒާންދާރަކަށް ފާތިމަތު ޝާއިރާ ހޮވުނުއިރު، ޖެނެރަލް ސެކްރެޓަރީއަކަށް ހޮވުނީ އަބްދުލް ވައްޙާބު އެވެ.

ކްލަބުގެ ބޯޑު މެމްބަރުންގެ ގޮތުގައި ހަސަން ޝިފާން، އަހުމަދު ޝިފާޒް، ހަސަން ޝާފިއު، އަލީ ޝާހިދު އަދި އިބްރާހިމް ޝާފިއު ހޮވުނުއިރު، ސްޕޯޓްސް މެނޭޖަރަކަށް ހޮވުނީ މުހައްމަދު ސުވެއިދު (ސްވޭޓޯ) އެވެ.

ކްލަބުގެ އޯގަނައިޒިން ސެކްރެޓަރީއަކަށް އަހުމަދު ސުޒައިރު (ކޮއްކޮ) ހޮވުނުއިރު، އެސިސްޓަންޓް އޯގަނައިޒިން ސެކްރެޓަރީ އަކަށް ހޮވުނީ މުހައްމަދު ޝިފާޒު އެވެ. ލައިޒަން އޮފިސަރުގެ މަގާމަށް ހޮވުނީ އަކްރަމް ރަމްޒީ އެވެ.