Advertisement

އަޒުހާން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ގެންދަން އެމްއާރުއެމްއިން ގޮވާލައިފި

29 ސެޕްޓެންބަރު 2022 - 17:06 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާން---


އަޒުހާން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ގެންދަން އެމްއާރުއެމްއިން ގޮވާލައިފި

29 ސެޕްޓެންބަރު 2022 - 17:06 0

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒުހާން، 27، އަދިވެސް ފެނިފައި ނުވާތީ، މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް އެ ޓަވަރަށް އެރުމަށްފަހު ސެޕްޓެމްބަރު 18، ގެ ފަތިހު 4:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އެނބުރި ގޮސްފައި ކަމަށެވެ.

އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދުވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިހާތަނަށް ހާމަކޮށްފައިވެ އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އޭގެ އެއް ދުވަސް ފަހުން ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ.

"އަޒްހާން ނުފެނި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމުގައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވުމަށް މިޕާޓީގެ ފަރާތުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" މިއަދު ނެރުނު ބަޔާނެއްގައި އެމްއާރުއެމުން ބުންޏެވެ.

އެ މައުލޫމާތުތައް ހާމަކުރުމަށް ފަހު އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދައުލަތުގެ އެންމެ އިދާރާއަކުން ވެސް ހާމަކޮށްފައި ނުވެ އެވެ. އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ކުރި ސުވާލުތަކަށް މިހާތަނަށް ޖަވާބު ލިބިފައެއް ނުވެ އެވެ.

އަޒުހާން ހޯދިފައިނުވާތީ ފުލުހުން ވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދި އާންމުކޮށްވެސް އިއުލާންކޮށްފަ އެވެ. އަދި އަޒްހާންއާ ގުޅޭ އެއްވެސް މައުލޫމާތެއްވާ ނަމަ ފުލުހުންގެ 9393351 ފޯނު ނަމްބަރަށް ނުވަތަ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުމަށެވެ.