Advertisement

މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އާ ސީޒަން ވެސް މީޑިއާނެޓުން ބަލާލެވޭނެ

29 ސެޕްޓެންބަރު 2022 - 18:49 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އާ ސީޒަން ވެސް މީޑިއާނެޓުން ބަލާލެވޭނެ

29 ސެޕްޓެންބަރު 2022 - 18:49 1

އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަން މިއަންނަ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވެފައިވާއިރު ރާއްޖޭގައި ތިބި މި ޝޯގެ ފޭނުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މީޑިއާނެޓުން މިފަހަރު ވެސް ޝޯ ބެލޭނެ ކަމެވެ.

އެގޮތުން، އާ ސީޒަން މީޑިއާނެޓުގެ ކަސްޓަމަރުންނަށް ކަލާސް ޓީވީ ޗެނަލުން ބެލޭނެ އެވެ. އެ ޝޯ އަންނަ ގަޑީގައި ބަލާނުލެވޭ ބޭފުޅުންނަށް ކެޗް-އަޕް ފީޗާ މެދުވެރިކޮށް ފަހުންވެސް އެ ޝޯ ބަލާލުމުގެ ފުރުސަތު އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްސްކްރައިބު ކޮށްގެން ނުވަތަ "ކުއިކް ޕޭ" މެދުވެރިކޮށް ވައުޗަރެއް ބައްލަވައިގަނެގެން ކޮންމެ ތާކު ހުރެެން ވެސް އެ ޝޯ ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

ނެދަލޭންޑްސްގެ ޕްރޮޑިއުސަރު ޖޯން ޑި މޮލް ޖޫނިއާ 1999 ގައި، ތައާރަފުކުރި ރިއަލިޓީ ޝޯ، ބިގް ބުރަދާގެ އިންޑިއަން އެޑެޕްޓޭޝަން، ބިގް ބޮސްގެ އާ ސީޒަންގައި ވެސް "ރިންގު މާސްޓާ" އެއްގެ ދައުރު އަދާ ކުރާނީ މަޝްހޫރު ބޮލީވުޑު ތަރި ސަލްމާން ހާން އެވެ.

އެ ޝޯއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މެންޝަނެއްގެ ތެރޭގައި ހުރިހާ ބައިވެރިން ދިރިއުޅެން ޖެހޭއިރު، ބައިވެރިންގެ ހުރިހާ ހަރަކާތެއް 24 ގަޑިއިރު މޮނިޓާކޮށް ބެލުންތެރިންނާ ހަމައަށް އެ ޝޯގައި ގެނެސްދެ އެވެ. މިފަހަރުގެ ބިގް ބޮސް މެންޝަން ޑިޒައިން ކޮށްފައިވަނީ "ސާކަސް ތީމް' އަށެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ ބިގް ބޮސް މެންޝަނުގައި ހަތަރު ކޮޓަރި ހިމަނާފައިވާނެ ކަމަށް ޑިޒައިނަރު އޮމަންގު ކުމާރު ވަނީ ދާދި ފަހުން ބުނެފަ އެވެ.

މިފަހަރުގެ ޝޯގައި ވެސް ޓީވީ އަދި ފިލްމީ ދުނިޔޭގައި މަޝްހޫރު އެތައް މޫނުތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ބައެއް ފަންނާނުން ހިމެނެ އެވެ. ތިރީގައި މި ހިމަނާލަނީ އެ ފަންނާނުންގެ ކުޑަ ތައާރަފެކެވެ.

ސުމްބުލް ތޮގީރު ހާން

ސުމްބުލް އަކީ ހިންދީ ފިލްމު އަދި ޓީވީ ސީރީޒް ތަކުގައި މަސައްކަތް ކޮށްފައިވާ މަގުބޫލު ތަރިއެކެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ޓީވީ ސީރީސެއް ކަމުގައިވާ ސްޓާ ޕްލަސްގެ ޝޯ، އިމްލީ ގައި އޭނާ ކުޅެފައިވާ ރޯލެވެ. ދާދި ފަހުން 2019 ވަނަ އަހަރު ސުމްބުލް ވަނީ އަޔުޝްމާން ކުރާނާ އާއި އެކު ސުޕަ ހިޓް ފިލްމް، އާރޓިކަލް 15 އިން ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި އޭނާގެ ފުރަތަމަ ފެނިލުން ދައްކާލާފައެވެ.

ނިމްރިތު ކޯރު އަލުވާލިއާ

"ފެމިނާ މިސް އިންޑިއާ މަނިޕުރް" 2018 ވަނަ އަހަރު ކާމިޔާބު ކުރި ރީތީގެ ރާނީ ނިމްރިތު އަކީ މިފަހަރުގެ ބިގް ބޮސް ސީޒަންގައި ގިނަ ބައެއްގެ ކަޅިތައް ހުއްޓޭނެ ފަރާތެއްކަން ޔަގީނެވެ. ނިމްރިތު އަކީ މޮޑެލް އަދި އެކްޓުރަސް އެއްގެ އިތުރުން ލޯޔަރެއް ކަން ވެސް ފާހަގަކޮށްލެވެ އެވެ. ބީ ޕުރާކް އަދި އެހެނިހެން މަޝްހޫރު މިއުޒިކު ޕްރޮޑިއުސަރުންގެ ލަވަތަކުން ފެންނަން ފެށި ނިމްރިތު އެންމެ މަގުބޫލުވެގެން ދިޔައީ ކަލާސްގެ ސީރީޒް ޗޯޓީ ސަރުދާރުނީ އިންނެވެ.

ގޯތަމް ވިގް

ގޯތަމް ވިގް އޭ ބުނުމުން ގިނަ ބަޔަކަށް ނޭނގުނަސް ޕިޔުޝް ޝުކްލާއޭ ބުނުމުން ގިނަ ބަޔަކަށް މި ތަރިއަކީ ކާކުކަން އެނގިގެން ދާނެ އެވެ. ކަލާސްގެ ޝޯ "ޕިންޖުރާ ހޫބުސޫރަތީ ކާ" އިން ގިނަ ބައެއްގެ ހިތް ދަމައިގަތް ގޯތަމް މީގެ ކުރިންވަނީ ސުޓާ ޕުލަސްގެ ސީރީޒް "ނާމްކަރަން" ގައި ވެސް މަސައްކަތް ކޮށްފަ އެވެ. ވަރަށް އަވަސް މުސްތަގްބަލެއްގައި ފިލްމްތަކުން ފެނިގެންދާނެ ކަމަށް ޚަބަރު ލިބޭ ގޯތަމްއަކީ މިފަހަރުގެ ބިގް ބޮސްގައި ފޭވަރިޓެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޝިވް ޓާކްރޭ

ޝިވް އަކީ އެއްވެސް ގޮތެއްގައި ރިއަލިޓީ ޓީވީ ޝޯތަކަށް އާ މޫނަކަށް ނުވާނެ އެވެ. 2017 ވަނަ އަހަރު "އެމްޓީވީ ރޯޑީޒް ރައިޒިން" ގައި ބައިވެރިވެފައިވާ ޝިވް މީގެ ކުރިން ވަނީ "ބިގް ބޮސް މަރާތީ" ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ބިގް ބޮސްގެ ތަޖުރިބާ ހުރި މި ހުނަރުވެރި ފަންނާނު މިފަހަރުގެ ޝޯގައި ފެނިގެންދާނީ ވަރަށް ތަފާތު ބައިވެރިއެއް ގޮތުގަ އެވެ. މަރާތީ ސީރީޒްތަކުގައި އަދި މިއުޒިކު ލަވަތަކުގައި ޝިވް ވަނީ މީގެ ކުރިން ބައިވެރިވެފަ އެވެ.

އަބްދުއް ރޮޒިކް

ޝައްކެއް ނެތް ގޮތުގައި މި ފަހަރުގެ ސީޒަންގެ އެންމެ ތަފާތު، ހައިރާން ކުރުވަނިވި ތަރިއަކީ ތަޖިކިސްތާނަށް އުފަން އަބްދުއް ރޮޒިކް އެވެ. ޓިކްޓޮކްގައި މަޝްހޫރު އަދި ލަވަ ކިޔުމުގެ ހުނަރު ވެސް ލިބިފައިވާ އަބްދުއް މަޝްހޫރުވެގެން ގޮސްފައިވަނީ ޓިކްޓޮކް ތަރި ހަސްބުއްލާ އާއި އެކު ދިޔަ ކުރިމަތިލުންތަކަށް ފަހު އެވެ. ވަރަށް ފަހުން އަބްދުއް ގެ ހިންދީ ލަވަ ކިޔުމުގެ ހުނަރުވެސް ވަނީ ވީޑިއޯތަކުން ފެނިގެން ގޮސްފަ އެވެ. ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ އަބްދުއް މި ސީޒަނުގައި ވަރަށް ދުރަށް ދަތުރުކުރުމުގެ އުންމީދުގައި ހުރިކަމަށް އޭނާ ބުނެ އެވެ.