Advertisement

އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފުވި އަލަމްގީރް ދެ އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފި

29 ސެޕްޓެންބަރު 2022 - 21:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަލަމްގީރް: އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއަށް އިއުތިރާފުވުމުން، ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި


އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފުވި އަލަމްގީރް ދެ އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފި

29 ސެޕްޓެންބަރު 2022 - 21:56 0

ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާ ސާބިތުވުމުން ދެ އަހަރާއި ނުވަ މަަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާރު ވެސް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ އަލަމްގީރް ވަނީ އޭނާގެ މައްޗަށް ދެން އުފުލާފައިވާ އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއަށް ވެސް ޝަރީއަތުގައި އިއުތިރާފުވެފަ އެވެ.

އަލަމްގީރުގެ މައްޗަށް ކޮށްފައިވާ ކޮންމެ ދައުވާއަކަށް ކަނޑައެޅޭނެ އަދަބަކީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެެހެންކަމުން, 40 ދައުވާއަށް އަންނާނީ 1،080 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ދެ އަހަރާއި ނުވަ މަހެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ. މި ވީޑިއޯތަކުގެ އަދަދު ސާޅީހުގައި އުޅޭ އިރު، އޭނާއަށް ދައުވާ ކުރީ ވެސް އެއިން ކޮންމެ ވީޑިއޯއަކަށެވެ.

އަލަމްގީރްގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށްވާ އަބްދުލް ރައުފްގެ މައްޗަށް ވެސް އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެ ވަނީ ހުކުމްކޮށްފަ އެވެ.

ނާޒިމް ހަތަރު މަސް ދުވަހު ގޭބަންދުގައި ބެހެއްޓުމުގެ ހުކުމެއް ކޮށްފައިވާއިރު ރައޫފަށް ކުރީ އެއް އަހަރާއި އެއް މަހާއި 28 ދުވަހަ ޖަލަށް ލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު "ކާނަލް" ނަޝީދުގެ މައްޗަށް ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އޭނާގެ ޝަރީއަތް އަދި ކްރިމިނަލް ކޯޓުގައި ހިނގަނީ އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލް ކުރި މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37 އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24 އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ، 41 އެވެ.