Advertisement

ސިވިލް ކޯޓުގެ މައްސަލައެއް ލަސްކޮށްގެން، ގާޒީ އަލީ އަބްދުﷲގެ މައްސަލަ ބަލަނީ

29 ސެޕްޓެންބަރު 2022 - 13:43 0


ސިވިލް ކޯޓުގެ މައްސަލައެއް ލަސްކޮށްގެން، ގާޒީ އަލީ އަބްދުﷲގެ މައްސަލަ ބަލަނީ

29 ސެޕްޓެންބަރު 2022 - 13:43 0

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުުނު ބަޔާނެއްގައިވާ ގޮތުން، ގާޒީ އަލީ އަބްދުﷲއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ، އަވަހަށް ބަލައި ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއް އަވަހަށް ހިންގުމުގައި ފަރުވާކުޑަކޮށް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާ ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއަކާ ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާއެއްގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.