Advertisement

ލަންކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 80 އާއިލާއަށް އަސަރުކޮށްފި

29 ސެޕްޓެންބަރު 2022 - 07:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލިފާން ރޯވެ އަނދާ ހުލިވެފައިވާ ތަނެއް. -- ފޮޓޯ: ޑެއިލީ މިރާ


ލަންކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 80 އާއިލާއަށް އަސަރުކޮށްފި

29 ސެޕްޓެންބަރު 2022 - 07:39 0

ސްރީލަންކާގައި އަންގާރަ ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 80 އާއިލާއެއްގެ 200 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފި އެވެ.

އަލިފާން ރޯވީ ތޮޓަލަންގަ ގްރޭންޑްޕާސްގައި ހުންނަ ކަޖީމަވައްތަ ފްލެޓުތަކުގަ އެވެ. އަސަރު ކުރި އާއިލާތަކުގެ 220 މީހުން މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

އަލިފާން ރޯވި ސަބަބު މިހާތަނަށް ނޭނގޭ އިރު، ލިބުނު ގެއްލުން ވެސް އަންދާޒާކޮށްފައެއް ނުވެ އެވެ. އެއްވެސް މީހަކު މަރުވިކަމުގެ އަދި އަނިޔާއެއްވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ.

އަލިފާން ރޯވީ އަންގާރަ ދުވަހުގެ ރޭ 08:00 ހާއިރު އެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި 12 އަލިފާން ނިއްވާާ އުޅަނދު ބޭނުންކުރި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ސަބަބުން ފަގީރުން ދިރިއުޅޭ ސަރަހައްދުން 60 އަަށް ވުރެ ގިނަ ގެ އަނދާ ހުލިވެފަައިވާ ކަމަށެވެ.