Advertisement

އިރާނުން އިރާގުގައި ހަމަލާތަކެއް ދިނުމުން އެމެރިކާގެ ނުރުހުން

29 ސެޕްޓެންބަރު 2022 - 07:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާގުގައި ބަޔަކު އެއްވެ ބޭއްވި މުޒާހަރާއެއްގެ ތެރެއިން. -- ފޮޓޯ: އޭޕީ


އިރާނުން އިރާގުގައި ހަމަލާތަކެއް ދިނުމުން އެމެރިކާގެ ނުރުހުން

29 ސެޕްޓެންބަރު 2022 - 07:02 0

އިރާގުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް އިރާނުން ޑްރޯން އަދި ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމުން އެމެރިކާއިން ނުރުހުން ފާޅުކޮށްފި އެވެ.

އިރާގުގެ ކުރުދިސްތާން ސަރަހަައްދަށް ދިން ހަމަލާތަކަކީ އިރާގުގެ އިސްތިގްލާލަށް ހުރަސް އަޅައި، އިރާގުގެ ބިމުގެ ސަރަހައްދަށް އަތްގަދަ ކުރުން ކަމަށް އެމެރިކާއިން ބުންޏެވެ.

އިރާގަށް އަމާޒުކޮށް އިތުރު ހަމަލާ ފޮނުވާނެކަމުގެ އިންޒާރު އިރާނު ސަރުކާރުން ދީފަައި ވާތީ ވެސް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ނުރުހުން ފާޅުކުރެއްވި އެވެ.

"އަވައްޓެރިންނާ ދެކޮޅަށް މިސައިލާއި ޑްރޯން ބޭނުންކޮށް، ރަޝިއާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމައަށް ޑްރޯން ފޯރުކޮށްދީ، މެދުއިރުމަަތީގައި އުޅޭ ގްރޫޕްތަކަަށް އެހީވުމަަކީ މުޅި ދުނިޔެއިން ވެސް ކުށްވެރިން ކުރަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން އިރާނާ ދެކޮޅަަށް އިތުރު ދަަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ ހަމަލާތައް ދިނީ އުތުރު އިރާގުގެ ހަނގުރާމަވެރި ޓާގެޓުތަކަށް ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އާއްމުންނަށް ގެއްލުން ލިބުނެވެ.

އިރާގުގެ ފޮރިން މިނިސްޓްރީން ބުނީ އިރާނުގެ ސަފީރު ހާޒިރުކޮށް ސުވާލު ކުރާނެ ކަަމަށާއި މިއީ އިރާގުގެ އިސްތިގްލާލަަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ.