Advertisement

ފެންނަ ނުފެންނަ ވޯޓުން ކުރި ލިބިއްޖެ ކަމަށް ރަޝިއާއިން ބުނެފި

28 ސެޕްޓެންބަރު 2022 - 15:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑޮނެސްކްގައި މީހަކު ވޯޓުލަނީ. -- ފޮޓޯ: ރޮއިޓާޒް


ފެންނަ ނުފެންނަ ވޯޓުން ކުރި ލިބިއްޖެ ކަމަށް ރަޝިއާއިން ބުނެފި

28 ސެޕްޓެންބަރު 2022 - 15:04 0

އިރުމަތީ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއްގައި ނެގި ފެންނަ ނުފެންނަ ވޯޓުން ރަޝިއާއަށް ކުރި ލިބިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ރަޝިއާއާ ގުޅުމާ މެދު އާއްމުން ދެކޭ ގޮތް ހެދުމަށް ބޭއްވި ވޯޓުގައި ބައިވެރިވި މެޖޯރިޓީ މީހުން ބޭނުން ވަނީ ޔޫކްރެއިންއާ ވަކިވެ ރަޝިއާއާ ގުޅެން ކަމަށް އޮފިޝަލުން ބުނެ އެވެ.

ޔޫކްރެއިން ސަރުކާރާއި ހުޅަނގުގެ ގައުމުތަކުން ބުނީ އެ ވޯޓު ބަލައިނުގަންނަ ކަމަށެވެ. ވޯޓުލުން ކުރިއަށް ދިޔަ އިރު، މިނިވަން ބަޔަކު މޮނީޓާކޮށްފައެއް ވެސް ނުވެ އެވެ.

ވޯޓުލުން އޮތީ ޑޮނެސްކް، ލުހާންސްކް އަދި ހާސަަން އާއި ޒަޕޮރިއްޒިޒިއާގަ އެވެ. މީގެ ކުރިން 2014 ގައި ކްރައިމިއާގައި މިފަދަ ވޯޓެއް ބޭއްވުމަށް ފަހު އެ ތަން ރަޝިއާގެ ދަަށަށް ގެންދިޔަ އެވެ.

ޔޫކްރެއިންގެ ބިމުގެ 15 ޕަސެންޓު ހިމެނޭ އެ ހަތަރު ސަރަހައްދުން ހަތަރު މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަޝިއާއަށް ތާއީދު ކުރާ ނޫސްތަކުން ބުނީ 99.23 ޕަސެންޓު މީހުން ތާއީދު ކުރަނީ ރަޝިއާއާ ގުޅެން ކަމަށެވެ. ބެލެވޭ ގޮތުގައި އަންނަ ހުކުރު ދުވަހު ޕާލިމެންޓުގައި ދެއްވާ ސްޕީޗުގައި އެ ހަތަރު ތަން ރަޝިއާގެ ދަށަށް ގެންދިޔަ ކަމަށް ރައީސް ލެޑިމިއަ ޕުޓިން އިއުލާން ކުރައްވާނެ އެވެ.

އެފަދަ ވޯޓެއްގެ ދަށުން އެ ތަންތަން ރަޝިއާގެ ދަށަށް ގެންދިޔަ ނަމަވެސް، ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ބަލައިނުގަންނާނެ އެވެ. އެހެން ނަމަވެސް، ޔޫކްރެއިނުން ރަޝިއާގެ ބިމަށް ހަމަލާދޭ ކަމަށް ބުނެ، ޔޫކްރެއިންގެ އިތުރު ސަރަހައްދުތަކަށް ހަނގުރާމަަ ފެތުރުމުގެ ފުރުސަތު އޭރުން އޮންނާނެ އެވެ.