Advertisement

ޗައިނާ ޔުއާންގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެ

28 ސެޕްޓެންބަރު 2022 - 15:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާ ޔުއާންގެ އަގު ވެއްޓުނު އިރު ޑޮލަރުގެ އަގު ދަނީ އުފުލެމުން. -- ފޮޓޯ: ގެޓީ


ޗައިނާ ޔުއާންގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެ

28 ސެޕްޓެންބަރު 2022 - 15:04 0

އެމެރިކާ ޑޮލަރުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ޗައިނާ ޔުއާންގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެ އެވެ.

ޗައިނާ ޔުއާންގެ އަގާ ގުޅޭ ޑޭޓާ 2011 ވަނަ އަހަރު ޖަމާކުރަން ފެށި ފަހުން، އަގު ނުވެއްޓޭ މިންވަރަށް މި ވަގުތު ވަނީ ވެއްޓިފަ އެވެ.

މިއީ 2008 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު ޗަައިނާ ފައިސާ މިހާ ބަލިކަށިވި ފުރަތަމަ ފަހަރެވެ. ޔުއާންގެ އަގު މިހާރު ހުރީ 0.14 ޑޮލަރުގަ އެވެ.

ދުނިޔޭގައި ފާހަގަކުރެވޭ އެހެން ފައިސާތަކާ އަޅާ ބަލާއިރު، ޑޮލަރުގެ އަަގު ދަނީ އުފުލެމުންނެވެ. އެއީ މި މަހުގެ ކުރީކޮޅު އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓުތައް މަތި ކުރުމުންނެވެ.

ޗައިނާ ފައިސާގެ އަގު ހިފަހައްޓަން އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ބޭންކުތަކުގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ އަދަދު ވަނީ ކުޑަކޮށްފަ އެވެ.

ދުނިޔެއަށް ކާރިސާތައް ކުރިމަތިވާ ވަގުތުތަކުގައި ގިނަ އިންވެސްޓަަރުން ފައިސާ ރައްކާ ކުރަނީ ޑޮލަރުގެ ގޮތުގަ އެވެ. އެހެން ފައިސާތަަކުގެ އަގު ވެއްޓި ޑޮލަރުގެ އަގު އުފުލެނީ އެހެންވެ އެވެ.

މިދިޔަ ހޯމަ ދުވަހު އިނގިރޭސި ސްޓާލިން ޕައުންޑްގެ އަގު ވެސް ރެކޯޑް މިންވަރަށް ވެއްޓުނެވެ. ޔުއާންގެ އަގު ވެއްޓުމުން ތަރައްގީވެފައިވ އެހެން ބައެއް ގައުމުތަކުގެ ފައިސާގެ އަގު ވެސް ވަނީ ވެއްޓިފަ އެވެ. އެގޮތުން އޮސްޓްރޭލިއާ، ސިންގަޕޫރް އަދި ދެކުނު ކޮރެއާ ހިމެނެ އެވެ.

މިދިޔަ ހަފްތާގައި ޖަޕާން ޔެންގެ އަގު ވެއްޓެން ފެށުމުން 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޭންކް އޮފް ޖަޕާނުން އަގު ހިފަހައްޓަން ފިޔަވަޅު އެޅި އެވެ.