Advertisement

ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތު ކުރެވޭ ވެލިދޫގެ ކުރީގެ އިސް މެޖިސްޓްރޭޓުގެ މައްސަލަ ޕޮލިހާއި އޭސީސީއަށް

28 ސެޕްޓެންބަރު 2022 - 13:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތު ކުރެވޭ ވެލިދޫގެ ކުރީގެ އިސް މެޖިސްޓްރޭޓުގެ މައްސަލަ ޕޮލިހާއި އޭސީސީއަށް

28 ސެޕްޓެންބަރު 2022 - 13:19 0

ނ. ވެލިދޫ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓު އަހުމަދު ސައީދުގެ މައްސަލަ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އޭނާގެ މައްޗަށް މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނާއި މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތު ނަގާކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. އެ މައްސަލަ ޖޭއެސްސީން ގެންދިޔައީ ތަހުގީގު ކުރަމުންނެވެ. އެ ނިންމުން ނިންމާފައި ވަނީ އޯގަސްޓް 24 ބޭއްވި މައްސަލަތައް ބަލާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އެ ތަހުގީގު ކުރިއަށް ދަނިކޮށް އޭނާ ވަނީ ސެޕްޓެމްބަރު 6، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދީފަ އެވެ.

ޖޭއެސްސީގެ 66 ވަނަ ޖަލްސާގައި ވަނީ އެ މައްސަލަ ފައިލްކުރުމަށް ނިންމާފަ އެވެ. އެއީ، އެ އިދާރާއަށް ބެލުމުގެ އިހްތިސާސު ލިބިފައި ވަނީ ފަނޑިޔާރެއްގެ މަގާމެއްގައި ހުރި މީހާކާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް ކަމަށްވާތީ އެވެ.

އަދި، އޭނާގެ މައްސަލަ ކަމާ ގުޅޭ އިދާރާތައް ކަމަށްވާ ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ފާސްކޮށްފަ އެވެ.