Advertisement

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުލުން ބާއްވައިފި

28 ސެޕްޓެންބަރު 2022 - 10:59 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސްޓެލްކޯގެ ފްލެޓުތައް ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ


ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުލުން ބާއްވައިފި

28 ސެޕްޓެންބަރު 2022 - 10:59 0

ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުލުން ރޭ ބާއްވާފައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމެންޓެވެ.

އޭގެ ތެރެއިން މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާ ގުޅިގެން، ރޭ ގުރު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވެ އެވެ.

އެ ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުންނެވެ.

ގުރުލުން ރޭ ކުރިއަށްގެންގޮސްފައިވާއިރު، އެ ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް މިދިޔަ އާދިއްތަ ދުވަހު ވަނީ ސާކިއުލާއަކުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އާންމުކޮށްފަ އެވެ.

ދެ ކެޓަގަރީއަށްވެސް ވަކިވަކިން ގުރު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރު ނަގައިގެނެވެ.

ނުވިކިހުރި ޔުނިޓްތަކުގެ ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ގުރު ވެސް ވަނީ ނަގާފަ އެވެ.

އެ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ރޭ ގުރު ނަގައިގެން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން ކަމަށް ސްޓެކްލޯއިން ބުންޏެވެ.