Advertisement

ޔަހޫދީ މަޒުހަބަކުން ޖަންގަލީގައި ގެންގުޅުނު ކުދިންތަކެއް ސަލާމަތްކޮށްފި

28 ސެޕްޓެންބަރު 2022 - 07:39 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުމުރުން ތިން އަހަރުގެ ކުދިން ވެސް ޖަންގަލީގައި އުޅެމުން ދިޔަ. -- ފޮޓޯ: ރަފީ ބާގް


ޔަހޫދީ މަޒުހަބަކުން ޖަންގަލީގައި ގެންގުޅުނު ކުދިންތަކެއް ސަލާމަތްކޮށްފި

28 ސެޕްޓެންބަރު 2022 - 07:39 1

މެކްސިކޯގައި ޔަހޫދީ ދީނުގެ މަޒުހަބަކުން ޖަންގަލީގައި ހިންގި ކޮމްޕައުންޑެއްގައި ގެންގުޅުނު ގިނަ އަދަދެއްގެ ކުދިންތަކެއް ސަލާމަަތްކޮށްފި އެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި ލޭވް ތަހޯރް މަޒްހަބަށް ނިސްބަތްވާ ދެ މީހުން ހައްޔަރު ކުރި އެވެ. އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ އެ މީހުންނަށް ތުހުމަތު ކުރެވެނީ ހިޔުމަން ޓްރެފިކިން އަދި ރޭޕް ފަދަ ނުރައްކާތެރި ޖިންސީ ކުށްތައް ހިންގި ކަމަށެވެ.

އެ ކޮމްޕައުންޑުން ސަލާމަތް ކުރި އުމުރުން ތިން އަހަރުގެ ކުއްޖަކު ވަނީ އިޒްރޭލަށް ގެންގޮސްފަ އެވެ. އޮޕަރޭޝަން ހިންގި ފުލުހުންނާ އެކު ދަަރިފުޅު ބަލައި އައިސް ހުރި އެ ކުއްޖާގެ ބައްޕައަކީ ވެސް ކުރިން އެ މަޒުހަބަށް ނިސްބަތްވީ އިޒްރޭލް މީހެކެވެ.

ހިބްރޫ ބަހުން ލޭވް ތަހޯރްގެ މާނައަކީ ސާފު ހިތެވެ. އެ މަަޒުހަބަކީ ހަރުކަށި ފިކުރުތަކެއް ގެންގުޅޭ މަޒުހަބެކެވެ. އެގޮތުން ކުޑަކުދިން ކައިވެނި ކުރުވުމަަށް ހިތްވަރު ދީ، ކުދި ކަންކަމަށް ބޮޑެތި އަަދަަބުތައް ދީ، އުމުރުން ތިން އަހަަރުން ފެށިގެން އަންހެން ކުދިން ބުރުގާ އަޅަން މަޖުބޫރު ކުރެ އެވެ.

އެހެންވެ، އެ މަޒުހަބަށް ވަނަމެއްގެ ގޮތުން ޔަހޫދީ ތާލިބާނުން ވެސް ކިޔައި އުޅެ އެވެ. އެއީ އަފްގާނިސްތާނުގެ ތާލިބާނުން ފަދައިން އަންހެނުންގެ ހެދުން އެޅުމުގެ ކަންކަން ހަރުކަށިކޮށް ކޮންޓްރޯލް ކުރާތީ އަދި ވިސްނުން އެއްގޮތްކަމުންނެވެ.

ހުކުރު ދުވަހު މެކްސިކޯގައި އޮޕަރޭޝަން ހިންގީ ޗިއާޕާސް ސްޓޭޓުުގެ ޖަންގަލީގައި އެ މީހުން ދިރިއުޅެމުން ދިޔަ ކޮމްޕައުންޑުގަ އެވެ. ހާއްސަ ތަހުގީގަކަށް ފަހު ފުލުހުން ހޯދި ކޯޓު އަމުރުގައި ވަނީ ލީޑަރުން ހައްޔަރުކޮށް، ކުދިން ސަލާމަތް ކުރުމަށެވެ.

އެ ކޮމްޕައުންޑުން 26 މީހުން ފެނުނެވެ. އޭގެ ތެރޭގައި ހިމެނެނީ ޑުއަލް ސިޓިޒެންޝިޕް އޮތް އިޒްރޭލް މީހުންނެވެ. ސީރިއަސް ތުހުމަތުތަކުގައި ދެ މީހުން ހައްޔަރު ކުރި އިރު، އެ ތުހުމަތުތައް ކުރެވޭ އިތުރު ދެ މީހުން ވަނީ އޮޕަަރޭޝަަން ހިންގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޮމްޕައުންޑުން ގޮސްފަ އެވެ. އިމިގްރޭޝަން އުސޫލާ ހިލާފުވުމުން ފަސް މީހުން ހައްޔަރު ކުރި އެވެ.

މެކްސިކޯގެ ފުލުހުން އޮޕަރޭޝަން ހިންގީ އިޒްރޭލުގެ ޓީމަކާ ވެސް އެކު އެވެ. އޮޕަރޭޝަންގެ މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ކޮމްޕައުންޑު ދޫކޮށް ދިޔަ ބަޔަކު އިޒްރޭލުގެ އޭޖެންޓުންގެ އެހީއަށް އެދުމުންނެވެ. އޭގެ ތެރެއިން އެކަކީ ދަރިފުޅު ގޮވައިގެން އެނބުރި އިޒްރޭލަށް ދިޔަ މީހާ އެވެ.