Advertisement

ބާސެލޯނާގެ އަރައުހޯގެ މުސާރަ ފީފާ އިން ހަމަޖައްސަަނީ

28 ސެޕްޓެންބަރު 2022 - 09:52 0

ބާސެލޯނާގެ މެޗެއްގެ ތެރެއިން އަރައުހޯ: ގައުމީ ޓީމަށް ކުޅެނިކޮށް އަރައުހޯ އަށް ލިބުނު އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ޖެހޭނެ.


ބާސެލޯނާގެ އަރައުހޯގެ މުސާރަ ފީފާ އިން ހަމަޖައްސަަނީ

28 ސެޕްޓެންބަރު 2022 - 09:52 0

ބާސެލޯނާ (ސެޕްޓެމްބަރު 28) - އުރުގުއޭ ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ މުސާރަ ފީފާ އިން ހަަމަޖައްސައިދޭން އެއްބަސްވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އުރުގުއޭ އިން އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި އަރައުހޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަގުތުން ބަަދަލުކުރަން ޖެހުނެވެ. ފުރަތަމަ ކުރި ޓެސްޓްތަކުން އަރައުހޯގެ އަނިޔާ ސީރިއަސް ނޫން ކަމަށް ބެލެވުނެވެ. އެކަމަކު، އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި އިތުރު ޓެސްޓްތަކަށް ފަހު މިހާރު އޮޕަރޭޝަނެއް ކުރަން ޖެހޭކަން ވަނީ ކަށަވަރުވެފަ އެވެ.

އޮޕަރޭޝަނާ ހެދިި އަރައުހޯ އަށް މަދުވެގެން ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނަކަން ޔަގީންވެފައިވާއިރު، ނޮވެމްބަރު މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް ވެސް އަރައުހޯ އަށް ގެއްލޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

އުރުގުއޭގެ މެޗެއްގެ ތެރެއިން އަރައުހޯ: މި ފަަހަރުގެ ވޯލްޑް ކަޕްގައި އަރައުހޯ ފެނުމުގެ ފުރުސަތު ކުޑަ


ފީފާގެ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގައިވާ ގޮތުން ގައުމީ ޓީމުގައި ހުއްޓައި ކުޅުންތެރިއަކު ސީރިއަސް އަނިޔާއެއް ވެގެން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެނަމަ އޭނާ ކުޅުމާ ދުރުގައި ހުންނަ މުއްދަތަކަށް މާލީ ބަދަލެއް ފީފާ އިން ހަމަޖައްސައިދޭނެ އެވެ. އެއީ އަނިޔާވާ ކުޅުންތެރިއަކު ކްލަބާ އެކު ހުރި ކޮންޓްރެކްޓްގައިވާ ކަންކަމަށް ބެލުމަށް ފަހު އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފީފާ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ތެރެއިން އަރައުހޯ ޖުމްލަ އެކު 20 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

އަނިޔާގެ ސަބަބުން އަރައުހޯ އަށް ބާސެލޯނާގެ ވެސް މުހިންމު މެޗުތަކެއް ގެއްލޭނެ އެވެ. އެ ގޮތުން އެންމެ ބޮޑު މެޗަކީ އަންނަ މަހުގެ 16 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯ މެޗެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒަށް ބައިނަލްއަގުވާމީ މެޗުތަކުގެ ސަބަބުން ވަނީ ގެއްލުންތަކާ ކުރިމަތިވެފަ އެވެ. އަރައުހޯ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނުއިރު، ފްރާންސަށް ކުޅޭ ބާސެލޯނާގެ ޖޫލްސް ކޫންޑޭ އާއި އޮސްމާން ޑެމްބެލޭ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.