Advertisement

ބަނޑުގައި ފޮރުވައިގެން ރަން އެތެރެ ކުރި މީހަކު ޖޫރިމަނާކޮށްފި

26 ސެޕްޓެންބަރު 2022 - 21:08 0

ކްރިމިނަލް ކޯޓު: ކޯޓުން ހުކުމް ކުރީ އެ މައްސަލައިގައި ހިމެނޭ މީހާ 60،000ރ. އިން ޖޫރިމަނާ ކުރުމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބަނޑުގައި ފޮރުވައިގެން ރަން އެތެރެ ކުރި މީހަކު ޖޫރިމަނާކޮށްފި

26 ސެޕްޓެންބަރު 2022 - 21:08 0

ދިރުވާލައިގެން، ބަނޑުގައި ބެހެއްޓުމަށްފަހު ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެެތެރެ ކުރި މީހަކު 60،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުކުމް ކުރީ، ނާޒިމް ނަމަކަށް ކިޔާ (ފުރިހަމަ ނަމާއި އެޑްރެސް ކޯޓުން ހާމަނުކުރާ) މީހަކު ރަނާއި އެހެނިހެން މައުދަން ހިމެނޭ ދެ ބުލެޓު ޖުލައި 17، 2022 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި މައްސަލައެއްގަ އެވެ.

އެ މައްސަލައިގައި ނާޒިމަށް ޝައްކު ކުރެވިގެން އެއާޕޯޓުން އޭނާ ހިފަހައްޓައި ބެލިއިރު ބަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވުނެވެ. އަދި ފަހުން، އޭނާގެ އެއްބާރުލުމާއެކު އެތަކެތި ވަނީ ނަގައިފަ އެވެ.

އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުލަތުން ކުރީ ރާއްޖެއަށް ވަގަށް މުދާ އެތެރެ ކުރިކަމުގެ ދައުވާ އެވެ. އެއީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލެވިދާނެ ފަދަ ކުށެއް ނަމަވެސް ކުށަށް އިއުތިރާފުވެ ދައުލަތާއެކު ހެދި އިއުތިރާފް އެއްބަސްވުމުގެ ސަބަބުން ނާޒިމަށް ކޯޓުން ދިނީ އެ މައްސަލައިގައި ދެވޭނެ އެންމެ ލުއި އަދަބެވެ.

އޭގެ އިތުރުން، ގާނޫނުގައި ބުނެފައިވާ ގޮތަށް އެ މައްސަލައިގައި ހިމެނޭ ރަންތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނެގުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ. ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށެވެ.