Advertisement

ސަލާމަތަށް އަސަރުކުރާ ޒާތުގެ ބަހެއް ބުނެގެން ހަނިމާދޫ އެއާޕޯޓް މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް

26 ސެޕްޓެންބަރު 2022 - 16:15 0


ސަލާމަތަށް އަސަރުކުރާ ޒާތުގެ ބަހެއް ބުނެގެން ހަނިމާދޫ އެއާޕޯޓް މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް

26 ސެޕްޓެންބަރު 2022 - 16:15 0

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ރައްކާތެރި ކަމަށް އަސަރުކުރާ ބަހެއް ބުނެގެން އެ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެއާޕޯޓްގެ ރައްކާތެރިކަމަށް އަސަރުކުރާ ޒާތަށް ބަސްމަގު ހުރުމުން އެ ތަނުގެ މުވައްޒަފަކު ސުވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސުވާލު ކުރުމަށް ފަހު އޭނާ ފަހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއާޕޯޓްގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށަށް ވަނީ ވަޑައިގެންފަ އެވެ.

އެއާޕޯޓްގައި މި ކަމެއް ހިނގައިދިޔައީ ރައީސް ހުންނަވަނިކޮށް ކަމެއް ވެސް ސާފެއް ނުވެ އެވެ.

އެ ރަށު ބައެއް މީހުން ބުނެފައި ވަނީ އެ މުވައްޒަފު ބުނެފައިވަނީ އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށެވެ.

ދާދި ފަހުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ބޮން ގޮއްވާލާނެ ކަމަށް ބުނި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ގެންދިޔަތާ ހަތަރު ގަޑިއިރެއް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.