Advertisement

ރަޝިއާގެ ސްކޫލެއްގައި ބަޑި ޖަހައި ހަ މީހުން މަރުވެއްޖެ

26 ސެޕްޓެންބަރު 2022 - 15:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒެވްސްކް ސިޓީގައި 650،000 މީހުން ދިރިއުޅޭ. -- ފޮޓޯ: ރޮއިޓާޒް


ރަޝިއާގެ ސްކޫލެއްގައި ބަޑި ޖަހައި ހަ މީހުން މަރުވެއްޖެ

26 ސެޕްޓެންބަރު 2022 - 15:09 0

ރަޝިއާގެ މެދުތެރޭގައި އޮންނަ އިޒެވްސްކް ސިޓީގެ ސްކޫލެއްގައި ބަޑި ޖަހައި ހަ މީހުން މަރުވެ 20 މީހުންނަށް އަނިޔާވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި ދަރިވަރުންނާއި ސްކޫލުގެ ގާޑެއް ހިމެނެ އެވެ. އެ ހާދިސާ ހިނގީ 88 ނަންބަރު ސްކޫލުގަ އެވެ. އެއީ 1000 ދަރިވަރުންނާއި 80 ޓީޗަރުން ދާ ސްކޫލެކެވެ.

ހަމަލާ ދިން މީހާ އަމިއްލައަށް މަރުވެފައިވާ ކަމަށްވެ އެވެ. އެހެންވެ، ހަމަލާ ދިން ސަބަބު ވެސް ސާފެއް ނުވެ އެވެ. ރަޝިއާގެ ނޫސްތަކުން ވަނީ ހާދިސާގެ ބައެއް ވީޑިއޯ އާއްމުކޮށްފަ އެވެ.

އެއް ވީޑިއޯއިން ފެންނަނީ ތަޅުމުގައި ލޭ ހުރި އިރު، ކުޑަދޮރަށް ވަޒަން އަރާފައި ހުރި މަަންޒަރެވެ. ދަރިވަރުން ތިބީ މޭޒުތަކުގެ ދަށަށް ވަދެ އެވެ.

ޓަސް ނިއުސް އެޖެންސީން ބުނީ ހަމަލާ ދިން މީހާ ހުރީ ދެ ފިސްތޯލަ ހިފައިގެން ކަމަށެވެ. ހަމަލާ ދިން ސްކޫލް ހުންނަ ސިޓީގައި 650،000 މީހުން ދިރިއުޅެ އެވެ.