Advertisement

ނަޝީދު ޖަލުގައި މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި

26 ސެޕްޓެންބަރު 2022 - 14:12 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މުހައްމަދު ނަޝީދު: އޭނާ މަރުވީ ގޮޅީގައި އޮއްވާ ނޭވާ ނުލައިގެން ފަރުވާ ދެމުންދަނިކޮށް -- ފޮޓޯ: ކަރެކްޝަންސް


ނަޝީދު ޖަލުގައި މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި

26 ސެޕްޓެންބަރު 2022 - 14:12 0

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދުގެ މިދިޔަ ހަފުތާގައި މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަންފަށައިފި އެވެ.

ނަޝީދު، 43، މަރުވީ އޭނާ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައިވެ އެވެ. އޭނާ މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގައި މަރުވި ނަޝީދުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި ނޫހުން އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ނަޝީދު މަރުވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިހުމާލެއް ނެތް ކަމަށެވެ.

މުހައްމަދު ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ބަންދުކޮށްފައި ހުރީ 2020 ވަނަ އަހަރު ތެރޭގައި އިރުއަލިމަސް"ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގަ އެވެ.