Advertisement

ޖަރުމަނުގެ ޗާންސެލަރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

26 ސެޕްޓެންބަރު 2022 - 05:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒް އާއި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން.


ޖަރުމަނުގެ ޗާންސެލަރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

26 ސެޕްޓެންބަރު 2022 - 05:34 0

ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްޒް ގަލްފް ސަރަހައްދަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގެ ތެރެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފި އެވެ.

ޝޯލްޒްއާ އެކު ބޮޑު ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވެ އެވެ. ރަތް ކަަނޑުގެ އައްސޭރިފަށުގައި އޮންނަ ޖިއްދާ އެއާޕޯޓުން އެ ވަފުދަށް މަރުހަބާ ދެންނެވީ މައްކާ ސަރަހައްދުގެ ގަވަރުނަަރު އަމީރު ހާލިދް ބިން ފައިސަލް އަލް ސައުދް އެވެ.

އެއަށްފަަހު ވަފުދުގެ މެމްބަރުން ދިޔައީ އަލް ސަލާމް ޝާހީ ގަނޑުވަރަށެވެ. އެ ތަނުގައި ޝޯލްޒް ވަނީ ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފަ އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޖަރުމަނަށް ވަނީ ހަކަތައިގެ ކާރިސާއަކާ ކުރިމަތިވެފަ އެވެ. ރަޝިއާއިން ސަޕްލައި ކަނޑަމުން ދާތީ ޖަރުމަނުން މަސައްކަތް ކުރަނީ ތެލާއި ގޭހުގެ މުއްސަނދިކަން އޮތް ގަލްފް ގައުމުތަކާ އެކު ގުޅުން ވަރުގަދަ ކުރުމަށެވެ.

ސައުދީ އަރަަބިއްޔާއަށް ފަހު ޝޯލްޒް ވަޑައިގެންނެވީ ޔޫއޭއީ އަށެވެ. އެ ތަނުގައި ބައްދަލުކުރެއްވީ ރައީސް ޝެއިހް މުހައްމަދު ބިން ޒައިލް އަލް ނަަހްޔާންއާ އެވެ.