Advertisement

ޔޫކްރެއިނަށް ފާޑުކީ ރޮޖާ ވޯޓާޒްގެ ޝޯއެއް ކެންސަލް ކުރަން ޖެހިއްޖެ

26 ސެޕްޓެންބަރު 2022 - 07:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރޮޖާ ވޯޓާޒްއަކީ ޕިންކްފްލޮއިޑް ބޭންޑުގެ ކޯ ފައުންޑަރެއް. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިނަށް ފާޑުކީ ރޮޖާ ވޯޓާޒްގެ ޝޯއެއް ކެންސަލް ކުރަން ޖެހިއްޖެ

26 ސެޕްޓެންބަރު 2022 - 07:06 0

ހަނގުރާމައާ ގުޅިގެން ޔޫކްރެއިނަށް ފާޑުކީ ޕިންކް ފްލޮއިޑް ބޭންޑުގެ ކޯފައުންޑަރު ރޮޖާ ވޯޓާޒް ޕޮލޭންޑްގައި ދޭން ރޭވި ޝޯއެއް ކެންސަލް ކުރަން ޖެހިއްޖެ އެވެ.

އެ ކޮންސެޓް ޕްރޮމޯޓް ކުރަން ހަވާލުވި ލައިވް ނޭޝަން ޕޮލޭންޑުން ބުނީ ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކެންސަލް ކުރި ސަބަބެއް ނުބުނެ އެވެ.

ޔޫކްރެއިންގެ ފަސްޓް ލޭޑީ އޮލޭނާ ޒެލެންސްކާއަށް ފޮނުވި ހުޅުވާލާފައިވާ ސިޓީއެއްގައި ރޮޖާ ވޯޓާޒް ބުނީ ހަނގުރާމަ ފެށުނީ ޔޫކްރެއިންގެ ހައްދުފަހަނަ އެޅި ފިކުރުގެ ބަޔަކާ ހެދި ކަމަށެވެ.

ވޮލޮޑިމިރް ޒެލެންސްކީ ރައީސް ކަމަށް ވަޑައިގެންނެވި އިރު ވައުދުވެވަޑައިގެންނެވި ގޮތަށް ޑޮންބާސް ސަރަހައްދަށް ސުލްހަަ ނުގެނެވުނު ކަމަށް ވެސް ސިޓީގައި ލިޔެފައިވެ އެވެ.

ރައްދުގައި އޮލޭނާ ޒެލެންސްކާ ފޮނުއްވި ސިޓީގައި ވިދާޅުވީ ހަނގުރާމައަށް ޒިންމާ ވާން ޖެހެނީ ރަޝިއާ ކަމަށާއި ރަޝިއާއިން ދަނީ ކުށެއް ނެތް އާއްމުން މަރަަމުން ކަމަށެވެ.

"ރޮޖާ ވޯޓާޒް، ސުލްހައަށް އެދި ގައުމެއްގެ ރައީސްގެ ކިބައިން އެދޭ ނަމަ، އެދެން ޖެހެނީ އެހެން ގައުމެއްގެ ރައީސްގެ ކިބައިން،" ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަަށް އިޝާރާތްކޮށް އެ ސިޓީގައިވެ އެވެ.

ރޮޖާ ވޯޓާޒްގެ ސިޓީއާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާގެ ޝޯތައް ބޮއިކޮޓް ކުރަން ބާރު އަޅާފަ އެވެ. ރޮޖާ ވޯޓާޒް ވަަނީ ފޭސްބުކް ޕޯސްޓެއްގައި އެ މީހުންނަށް ރަައްދު ދީފަ އެވެ.