Advertisement

ހަތަރު އަހަރު ތެރޭ ސްޕެއިނަށް އަމިއްލަ ފަސްގަނޑުގައި ފުރަތަމަ ނާކާމިޔާބީ

25 ސެޕްޓެންބަރު 2022 - 14:57 0

ްސްޕެއިންގެ އަސެންސިއޯ (ކ) އަތުން ސްވިޒަލެންޑްގެ އަކަންޖީ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ


ހަތަރު އަހަރު ތެރޭ ސްޕެއިނަށް އަމިއްލަ ފަސްގަނޑުގައި ފުރަތަމަ ނާކާމިޔާބީ

25 ސެޕްޓެންބަރު 2022 - 14:57 0

މެޑްރިޑް (ސެޕްޓެމްބަރު 25) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިން ވަނީ އަމިއްލަ ދަނޑުގައި ސްވިޒަލެންޑް އަތުން 2-1 އިން ބަލިވެފަ އެވެ. މިއީ ފާއިތުވި ހަަތަރު އަހަރު ތެރޭ ސްޕެއިން އަމިއްލަ ދަނޑުގައި ރަސްމީ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ސްޕެއިން އެންމެ ފަހުން ރަސްމީ މެޗެއްގައި އަމިއްލަ ދަނޑުގައި ބަލިވީ އިންގްލެންޑް އަތުން 2018 އަހަރު އެވެ. އެއީ އެ ފަހަރުގެ ނޭޝަންސް ލީގުގަ އެވެ.

މި ނަތީޖާއާ އެކު ސްޕެއިނަށް ވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ ރޭ ޗެކް ރިޕަބްލިކް އަތުން 4-0 އިން މޮޅުވި ޕޯޗުގަލް އެވެ. ފަސް މެޗުން ޕޯޗުގަލް އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ފަސް މެޗުން ސްޕެއިންގެ އޮތީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްވިޒަލެންޑަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޗެކް ރިޕަބްލިކަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕްގެ އެއް ވަނަ އަށް ސެމީ ފައިނަލުގެ ޖާގަ ލިބޭއިރު، އެ ޖާގަ އަށް ވާދަކުރަނީ ސްޕެއިނާއި ޕޯޗުގަލް އެވެ. އަންނަ އަންގާރަ ދުވަހު ޕޯޗުގަލް ދަނޑުގައި މޮޅުވެގެން ސްޕެއިނަށް ސެމީ އަށް ދެވެން އޮތްއިރު، 2019 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކުރި ޕޯޗުގަލް އަށް މި ފަހަރުގެ ސެމީން ފުރުސަތު ހޯދަން ދެން ބޭނުންވަނީ ޕޮއިންޓެކެވެ.

ސްވިޒަލެންޑުން ރޭ ލީޑުނެގީ މެޗުގެ 21 ވަނަ މިނިޓްގައި އެޑުއާޑޯ ވާގާސް ނެގި ހުރަހަކުން މެނުއަލް އަކަންޖީ ޖެހި ގޯލުންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި ސްޕެއިންގެ ޖޯޑީ އަލްބާގެ ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރިއިރު، އޭގެ ތިން މިނިޓް ފަހުން ސްވިޒަލެންޑުން އަނެއްކާ ލީޑުނަގައި މެޗުން މޮޅުވި އެވެ. ސްވިޒަލެންޑް މޮޅުވި ގޯލު މެޗުގެ 58 ވަނަ މިނިޓްގައި އަކަންޖީ ދިން ބޯޅަ އަކުން ޖެހީ ބްރީލް އެމްބޯލޯ އެެވެ.

ޗެކް ރިޕަބްލިކް ކޮޅަށް ޕޯޗުގަލް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ހޯދީ ފަސޭހަ މޮޅެކެވެ. މި މެޗުގައި ޕޯޗުގަލްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ފުލްބެކް، ޑިއޯގޯ ޑަލޯ އެވެ. އަނެއް ދެ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސް އާއި ޑިއޯގޯ ޖޮޓާ އެވެ.