Advertisement

ވިސާ ނެތި ކިރްގިސްތާނަށް ދަތުރުކުރެވޭ ގޮތް ހަދައިފި

24 ސެޕްޓެންބަރު 2022 - 20:18 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މި އެއްބަސްވުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބަދަލުކުރައްވަނީ. ވިސާ ފްރީ އެގްރީމެންޓުތައް މި ސަރުކާރުން ވަނީ ގިނަ ގައުމުތަކަކާ އެކު ގާއިމުކޮށްފައި --- ފޮޓޯ: ފޮރިން މިނިސްޓްރީ


ވިސާ ނެތި ކިރްގިސްތާނަށް ދަތުރުކުރެވޭ ގޮތް ހަދައިފި

24 ސެޕްޓެންބަރު 2022 - 20:18 1

ވިސާ ނެތި ދިވެހިންނަށް ކިރްގިސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އދ. ގެ 77 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުކުރެއްވުމަގަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ކިރްގިސްތާނުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވެސް އެގައުމުގެ ފޮރިން މިނިސްޓަރު ކުލުބައޭވު މޮލްޑޮކަނޮވިޗް އެވެ.

މިއާއެކު ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެއް ގައުމުން އަނެއް ގައުމަށް ވިސާ ނުލައި 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ އެވެ. އަދި، ޓްރާންސިޓުކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހި ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ، ޗައިނާ، ތުރުކީ އަދި ކަޒަކިސްތާނަށް ވިސާ ނެތި ދެވޭ ދަތުރުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.

ރާއްޖެއިން ކިރްގިސްތާނާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ އޮގަސްޓު 31، 1993 ގަ އެވެ.