Advertisement

ހަނިމާދޫ އެއާޕޯޓު މަޝްރޫއުއިން އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ: އަމީރު

24 ސެޕްޓެންބަރު 2022 - 16:25 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި. ސަރުކާރުން މާދަމާ މި މަޝްރޫއުގައި ސޮއިކުރާނެ --- ފޮޓޯ: ރައީސް އޮފީސް


ހަނިމާދޫ އެއާޕޯޓު މަޝްރޫއުއިން އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ: އަމީރު

24 ސެޕްޓެންބަރު 2022 - 16:25 1

އުތުރުގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމުގެ ބޭނުމުގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ބޮޑު ތިލަދުންމައްޗާއި މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ހަރަދުކޮށްގެން އަޅާ މި އެއާޕޯޓުގެ މަސައްކަތް މާދަމާ 2.1 ބިލިއަން ރުފިޔާއަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރާނެ އެވެ.

މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓުމަންޓު ކަމަށް މިއަދު ކުރެއްވި ޓްވީޓެއްގައި އަމީރު ވިދާޅުވި އެވެ.

ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ އެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްގީއަކީ, މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްގީއެއް،" އަމީރު ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު 2024 ވަނަ އަހަރު ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. މި އެއާޕޯޓުގެ ޓާމިނަލް ފަރުމާކޮށްފައި ވަނީ ދިވެހި ކަނޑުތަކުގައި އުޅޭ މަޑި އަސްލަކަށް ބަލައިގެންނެވެ.

މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެ އެވެ. އަދި، މި މަޝްރޫއު ނިމުމުން އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ފަރުމާއެއް. މިއީ މާލެއިން ބޭރުގައި ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓު ---


ސަރުކާރުގެ އުއްމީދަކީ ހަނީމާދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރަން ފެށުމެވެ.

މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމާއީ އެހެނިހެން ސިނާއަތްތައް ހިމެނޭގޮތަށް އިގުތިސޯދުގެ މައިދޮރަށް ހަނިމާދު ވެެގެން ދިޔުމަކީ މި މި ޕްރޮޖެކްޓުގެ އެންމެ މައިގަނޑު މަގުސަދު ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ހަވާލުކުރާ ޖޭއެމްސީއަކީ އިމާރާތްކުރުމާއި އިންފްރާސްޓްރަކްޗާގެ ބިޔަ މަޝްރޫއުތަކެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މިހާރު ވެސް އެ ކުންފުނިން ދަނީ ހުޅުމާލެ ފޭސް 2 ގައި 2000 ހައުސިން ޔުނިޓު އިމާރާތްކުރަމުންނެވެ.