Advertisement

މާޒިޔާގެ އިންތިހާބު ބާއްވަނީ

24 ސެޕްޓެންބަރު 2022 - 13:53 0


މާޒިޔާގެ އިންތިހާބު ބާއްވަނީ

24 ސެޕްޓެންބަރު 2022 - 13:53 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިންތިހާބް މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މާޒިޔާ އިން ބުނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބާއްވާ އިންތިހާބު މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ކްލަބުގެ މެމްބަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. ޗެއާމަނާއި ވައިސްގެ ޗެއާމަންގެ މަގާމުގެ އިތުރުން، ކްލަބުގެ ބޯޑުގެ އިތުރު މަގާމުތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މާޒިޔާގެ ބޯޑު އިންތިހާބުކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ.

ފާއިތުވި ތިން އަހަރު ވެސް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ އުފެދުނީންސުރެން، އެ ކްލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވީ އަހުމަދު ސާޖިދު އެެވެ. މާޒިޔާގެ ޗެއާމަންގައި ހަތަރު ދައުރު ސާޖިދު ވަނީ ހޭދަކުރައްވައިފަ އެވެ.

މާޒިޔާ އިން ސްޕެއިންގެ މިޑްފީލްޑަރު ޓަނާ (ވ) ސޮއިކުރި އިވެންޓްގެ ތެރެއިން އެ ކްލަބްގެ ޗެއާމަން ސާޖިދު


ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކްލަބަކީ މާޒިޔާ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއިރުން ފެށިގެން އެ ޓީމުން އަންނަނީ ކާމިޔާބީ ހޯދަމުންނެވެ. އަދި ފާއިތުވި ތިން އަަހަރަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމަކީ ވެސް މާޒިޔާ އެވެ.

ރާއްޖޭގެ ކްލަބް ހިންގުމުގައި ނަމޫނާ ދައްކަމުން އަންނަ ކްލަބެއް ކަމަށްވާ މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރުމަށް ގެންގުޅުނީ ރަނގަޅު މޮޑެލެކެވެ. ފުރަތަމަ ކްލަބަށް އެއް ވަނަ ޑިވިޝަނުގައި މަގާމު ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް ފަހު މަޑުމަޑުން ކާމިޔާބީގެ ސަފަށް އަރައި، އެ ލެވަލްގައި ސީޒަނުގެ ހުރިހާ މުބާރާތަކަށް ވާދަކުރާ ޓީމަކަށް ބަދަލުވީ އެވެ.

ފުރަތަމަ ޑިވިޝަނުގައި މާޒިޔާގެ ކާމިޔާބީތަކަށް ބަލާއިރު، އެ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގު ހަތަރު ފަހަރާއި އެފްއޭ ކަޕް ތިން ފަހަރާއި މާލޭ ލީގާއި ޕްރެޒިޑެންޓްސް ކަޕް އެއް ފަހަރެވެ. މާޒިޔާ އިން ވަނީ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް ހަތަރު ފަަހަރު އުފުލާލައިފަ އެެވެ. އެންމެ ގިނައިން ޝީލްޑް އުފުލާލި ޓީމަކީ މާޒިޔާ އެވެ.