Advertisement

ބިދޭސީ މުވައްޒަފުންގެ ބޭސް ފަރުވާ ޔަގީން ކުރުމަށް އެލައިޑުގެ "އެކްސްޕެޓް ޕްލަސް" ޕްލޭން

24 ސެޕްޓެންބަރު 2022 - 11:29 0

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ: އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް "އެކްސްޕެޓް ޕްލަސް" ގެ ހިދުމަތަށް ހުށަހެޅޭނެ -- ފޮޓޯ: އަދަދު ފައިލް


ބިދޭސީ މުވައްޒަފުންގެ ބޭސް ފަރުވާ ޔަގީން ކުރުމަށް އެލައިޑުގެ "އެކްސްޕެޓް ޕްލަސް" ޕްލޭން

24 ސެޕްޓެންބަރު 2022 - 11:29 0

ސިއްހީ ފަރުވާއަކީ ނިސްބަތުން އެންމެ އަގުބޮޑު އެއް ހިދުމަތަށް ވާއިރު، ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭރުން ގެންނަ މަސައްކަތްތެރީންނާއި މުވައްޒަފުން އެ ބުރައިން ސަލާމަތްކުރުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ލާޒިމުކޮށްފައި އޮންނަ ކަމެކެވެ.

އެ މީހުންނަށް މެޑިކަލް އިންޝުއަރަންސް ޕްލޭނެއް ނެގުމުން މުވައްޒަފަށާއި ކުންފުންޏަށް ވެސް ފައިދާ ކުރެ އެވެ. މުވައްޒަފަށް، މާލީ ބުރައަކުން ސަލާމަތްވެވެ އެވެ. ވެރިންނަށް، ސްޓާފުގެ ދުޅަހެޔޮކަމާއި ހެޔޮ ހާލު ކަށަވަރުކޮށް، އޭނާގެ މަސައްކަތުން ފައިދާ ހޯދުމެވެ.

އެލައިޑްގެ "އެކްސްޕެޓް ޕްލަސް" ޕްލޭނަކީ ބިދޭސީ މުވައްޒަފު ހޯދާ އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްތަކަށް ވެސް ކަވަރޭޖު ދޭ ޕްލޭނެކެވެ. އަދި ރާއްޖޭގައި ހުއްޓާ މަރުވެއްޖެ ނަމަ ރާއްޖޭގައި ވަޅުލުމުގެ ހަރަދު ނުވަތަ އެދެނީ ނަމަ، ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމުގެ ހަރަދުތައް ދޭ ރިޕެޓްރިއޭޝަން ކޯސްޓް ވެސް މީގައި ހިމެނެ އެވެ.

"އެކްސްޕެޓް ޕްލަސް" އަކީ ޖީބަށް ލުއި ޕްލޭނެކެވެ. މުވައްޒަފަކަށް ޕްރީމިއަމްގެ ގޮތުގައި އަހަރަކު އެންމެ 800ރ. ދައްކައިގެން އެ އަހަރުގެ ތެރޭގައި 100,000 ރުފިޔާގެ ހަރަދު މީގެން ހަމަޖައްސައިދެ އެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި އެތަނުގެ ހިދުމަތްތަކާއި ތަކެއްޗާއި އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތުގެ ހަރަދާއި (އޯގަން ޓްރަންސްޕްލާންޓް ފިޔަވާ) ސާޖަރީއެއް ހަދާ އިރު އެކަމުގެ ހަރަދުތަކާއި އެހެނިހެން ފައިދާތައް ލިބޭނެ އެވެ.

އެ ޕްލޭންގެ ދަށުން އައުޓްޕޭޝަންޓް ހިދުމަތްތަކަށް އަހަރަކު ބޭނުންކުރެވޭނީ ބޮލަކަށް 2,000 ރުފިޔާ އެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ބޭސް ސިޓީގެ ހަރަދުތަކާއި އެމްބިއުލާންސް ފީ ހިމެނެ އެވެ.

މަސައްކަތްތެރީންގެ ސިއްހީ ދުޅަހެޔޮކަމަކީ އޭނާއާމެދު ޒިންމާދާރުވާން ޖެހޭ ވަޒީފާ ދޭ ފަރާތުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. އެހެން ކަމުން އެ މުވައްޒަފުން ބަލިވެ ވަރުދެރަވެ އުޅުނަސް ފައިސާ ނެތިގެން ސިއްހީ ފަރުވާނުކޮށް އުޅެންޖެހޭ ހިސާބަށް ކަންކަން ދިޔަ ނުދެމާތޯ އެވެ. އަދި މުވައްޒަފުންނަށް ނަގައިދޭ ޕްލޭންގެ މުއްދަތު ހަމަވުމުން އަލުން އާކޮށްދޭން ވެސް ހަނދާން ބަހައްޓަން ވާނެ އެވެ.

"އެކްސްޕެޓް ޕްލަސް" ގެ އެންމެ ހާއްސަ އެއް ސިފައަކީ އެލައިޑްގެ އިތުރު ބައެއް ހިދުމަތްތަކެކޭ އެއްގޮތަށް މިއީ އޮންލައިންކޮށް އެދެވޭ ހިދުމަތަކަށް ވުމެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު "އެކްޕެޓް ޕްލަސް" ޕްލޭނު މުވައްޒަފަށް ނަގައިދެވޭނެ އެވެ. އެންމެ ފުރަތަމަ ވަޒީފާ ދޭ ފަރާތް (އަމިއްލަ ފަރުދެއް ވިޔަސް، ކުންފުންޏެއް ވިޔަސް، އިދާރާއެއް ވިޔަސް) އެތަނެއްގެ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ދެން މުވައްޒަފުގެ މައުލޫމާތު އެންޓާ ކޮށްލާނީ އެވެ. ނުވަތަ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަމަ އެންމެންގެ ނަންތައް އެއްފަހަރާ ވެސް ސަބްމިޓް ކޮށްލެވޭނެ އެވެ.

ރާއްޖޭގެ އިގްތިސާދު ހިންގުމަށް ބިދޭސީ މުވައްޒަފުންގެ އެހީ އާއި އެއްބާރުލުން ވެސް ބޭނުންވާ ހިނދު، އެމީހުންނަށް ކަންކަން ފަހިކޮށްދޭން ވާނެ އެވެ. އިންޝުއަރަންސް ކަވަރެއް މެދުވެރިކޮށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަކީ މިފަދަ ވަރަށް މުހިންމު އެއް ފިޔަވަޅެވެ.