Advertisement

ދެ އަހަރަށް ފަހު ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނެތި ޖަޕާން ހުޅުވާލަނީ

24 ސެޕްޓެންބަރު 2022 - 08:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޮކްޓޯބަރުން ފެށިގެން އެއްވެސް ހުރަހެއް ނެތި ފަތުރުވެރިންނަށް ޖަޕާނަށް ދަތުރު ކުރެވޭނެ. -- ފޮޓޯ: ގެޓީ


ދެ އަހަރަށް ފަހު ފަތުރުވެރިންނަށް އެއްވެސް ހުރަހެއް ނެތި ޖަޕާން ހުޅުވާލަނީ

24 ސެޕްޓެންބަރު 2022 - 08:38 0

ކޮވިޑް ބަަލިމަަޑުކަމާ ގުޅިގެން ޖަޕާނުގެ ބޯޑަރު ބަންދުކުރިތާ ދެ އަހަރު ފަހުން އެއްވެސް ހުރަހެއް ނެތި ފަތުރުވެރިންނަަށް އެ ގައުމަަށް އެތެރެވެވޭނެ ގޮތް ހަދަން ނިންމައިފި އެވެ.

ސަރުކާރުން ބުނީ އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން ހާއްސަ ވިސާ ނެގުމަކާ ނުލައި އަދި ޓްރެވެލް އެޖެންސީއެއް މެދުވެރި ނުވެ ފަތުރުވެރިންނަަށް ޖަޕާނަށް އެތެރެވެވޭނެ ކަމަށެވެ.

އޭގެ އިތުރުން ދުވާލެއްގެ މައްޗަށް އެތެރެވެވޭނެ ފަތުރުވެރިންގެ އަދަދު ކޮންޓްރޯލް ކުރުން ވެސް ހުއްޓާލާނެ އެވެ. ޖަޕާނުގެ އިތުރުން ޓައިވާނާއި ހޮންކޮންގުން ވެސް ވަނީ ލުއިތަަކެއް އިއުލާންކޮށްފަ އެވެ

ޓައިވާނަށް އެތެރެވާ މީހުން ކަރަންޓީން ކުރުން އޮކްޓޯބަރު މަހު މެދުތެރޭގައި ހުއްޓާލާނެ އެވެ. ހޮންކޮންގުން ސެޕްޓެމްބަރު 26 އިން ފެށިގެން ހޮޓަލުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީން ކުރެވޭ ގޮތް ހަދާނެ އެވެ.

ޖަޕާނުން ފަތުރުވެރިންނަަށް ހުރި ހުރިހާ ހުރަހެއް ނައްތާލަން ނިންމީ އިގްތިސާދު ކުރިއެރުވުމުގެ ގޮތުންނެވެ. މިދިޔަ ޖޫން މަހު ޖަޕާނުގެ ބޯޑަރު ހުޅުވި ނަމަވެސް، އެތެރެވެވެނީ ޓުއާ އެޖެންސީއެއް މެދުވެރިވެގެންނެވެ.

ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން 2019 ވަނަ އަހަރު 32 މިލިއަން ފަތުރުވެރިން ޖަޕާނަށް ދިޔަ އެވެ.