Advertisement

ރޮނާލްޑޯ، އެވަޓަން ސަޕޯޓަރުގެ ފޯން ހަލާކުކޮށްލި މައްސަލަ ބަލަނީ

23 ސެޕްޓެންބަރު 2022 - 20:26 0


ރޮނާލްޑޯ، އެވަޓަން ސަޕޯޓަރުގެ ފޯން ހަލާކުކޮށްލި މައްސަލަ ބަލަނީ

23 ސެޕްޓެންބަރު 2022 - 20:26 0

މެންޗެސްޓާ (ސެޕްޓެމްބަރު 23) - މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ނިންމާލުމަށް ފަހު އެވަޓަންގެ ސަޕޯޓެއްގެ ފޯން ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.

އޭޕްރީލް 9 ވަނަ ދުވަހު އެވަޓަންގެ ގުޑިސަން ޕާކުގައި ޔުނައިޓެޑް 1-0 އިން ބަލިވި މެޗު ނިންމާފައި ރޮނާލްޑޯ ޗޭންޖިން ރޫމަށް ދާން ޓަނަލް އަށް އައި ވަގުތު އެ ތަނުގައި ވީޑިއޯ ކުރަން ހުރި އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިންމައްޗަަށް ވައްޓާލައި ރޮނާލްޑޯ ވަނީ އެ ފޯނު ހަލާކުކޮށްލައިފަ އެވެ.

އެ މައްސަލަ މާސީސައިޑް ފުލުހުން ބެލިއިރު، ރޮނާލްޑޯއާ ވަނީ ސުވާލުކޮށްފަ އެވެ. އެކަމަކު، މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވަނީ ރޮނާލްޑޯ އެ އާއިލާއާ ވާހަކަ ދައްކައި، މައާފަށް އެދިފައިވާތީ އެވެ. އަދި ރޮނާލްޑޯ ވަނީ އެ ސަޕޯޓަރަށް ޔުނައިޓެޑްގެ ދަނޑުގައި މެޗެއް ބެލުމުގެ ފުރުސަތު ދީފަ އެވެ.

އެހެން ނަމަވެސް އެ މައްސަލަ އެ ހިސާބުން ނިންމައިނުލައި އިނގިރޭސި އެފްއޭ އިން ވަނީ މިހާރު އެކަން ތަހުގީގުކުރަން ފަށައިފަ އެވެ.

އެފްއޭގެ ތަރުޖަމާނު، އިނގިރޭސި މީޑިއާގައި ބުނެފައިވަނީ ކުޅުންތެރިންގެ ޑިސިޕްލިނަރީ ކޮންޑަކްޓާ ހިލާފުވާނަމަ މައްސަލަ ބެލޭނެ ކަމަށާއި އެ ގޮތުން ރޮނާލްޑޯ، އެވަޓަން ސަޕޯޓެއްގެ ފޯން ހަލާކުކޮށްލި މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

އިނގިރޭސި އެފްއޭ އިން ރޮނާލްޑޯ، 37، ގެ މައްސަލަ ބަލާކަމަށް ބުނެ، ބަޔާން ނެރުމާ އެކު ޔުނައިޓެޑުން ވަނީ ރޮނާލްޑޯ އަށް ކްލަބްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ރޮނާލްޑޯ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑުން މި ސީޒަނުގައި މިހާތަނަށް އާ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުތަކުގެ ތެރެއިން ރޮނާލްޑޯ ގިނަ މެޗުތަކުގައި ބޭނުންކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.