Advertisement

އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކޮށް ފުލުހަކަށް ހަމަލާދިން މީހާ 10 ދުވަހަށް ބަންދު

23 ސެޕްޓެންބަރު 2022 - 16:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ތޮއްޑޫގެ މަތިން ނަގާފައިވާ ފޮޓޯއެއް؛ އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކުރި މީހާ ބަންދު މުއްދަތު ޖަހައިފި - ފޮޓޯ: މޯލްޑިވްސް މެގެޒިން ޑޮޓް ކޮމް


އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކޮށް ފުލުހަކަށް ހަމަލާދިން މީހާ 10 ދުވަހަށް ބަންދު

23 ސެޕްޓެންބަރު 2022 - 16:12 0

އއ. ތޮއްޑޫގައި އަންހެނަކަށް ގެވެށި އަނިޔާކޮށް، އަދި ކުޑަކުއްޖަކަށް އަނިޔާކޮށް، އޭނާ ހައްޔަރުކުރަން ދިޔަ ތަނުން ފުލުހުންނަށް ވެސް ހަމަލާ ދިން މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 37 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 10 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައިވާ ކަމަށެވެ.

ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަމުރެއް ނެރެ، އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް އެ ކަމަށް އިންކާރުކޮށް، އެ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް ވެސް އޭނާ އަނިޔާކޮށްފައިވެ އެވެ. އެ ކުއްޖާއަކީ ދެ އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

"ފުލުހުން އެ ގެއަށް ދިއުމުން ފިރިހެން މީހާ ވަނީ ފުލުހުންނަށް ހަމަލާދީ، މާރާމާރީ ހިންގައި އިންޒާރުދީފަ. އަދި މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް ވަނީ އަނިޔާވެފަ،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.