Advertisement

ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ

23 ސެޕްޓެންބަރު 2022 - 13:48 0

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް،އެމްވީ


ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ

23 ސެޕްޓެންބަރު 2022 - 13:48 0

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޕީއެސްއެމް ސްޓޫޑިއޯގައި މިރޭ ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަން އާއި އަންހެން ޑިވިޝަން މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ކުރިއަށްދާނެ އެވެ.

ކްލަބް މޯލްޑިވްސް ކަޕް ބާއްވަން މި ފަހަރު އެންމެ ފުރަަތަމަ ނިންމީ މި މަހު އެވެ. އެކަމަކު، މުބާރާތުގެ މެޗުތައް ކުޅޭ ހުޅުމާލެ ރެހެންދި ޓާފް ދެ ދަނޑުގެ އެކިއެކި މަރާމާތުގެ މަސައްކަތްތައް ކުރުމާއި މުބާރާތް ވީހާވެސް ފުރިހަމަކޮށް ގެންދިއުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތަކަށް ޖާގަ ދިނުމުގެ ގޮތުން މުބާރާތް ފަސްކުރަން އޭރު ނިންމީ އެވެ.

މި ފަަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް، ޗެމްބާ ސްކެއާ އަދި އެލައިޑް އިންޝިއުރެންސް އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.


ކްލަބް މޯލްޑިވްސް ކަޕްގައި ފިރިހެން ޑިވިޝަނުގެ 32 ބަހާފައިވަނީ ހަތަރު ޕޮޓަކަށެވެ.

ޕޮޓް 1: ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ޓީމު އެފްއެސްއެމް، ޓީމު ފެނަކަ، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބް، ކްލަބް އެޗްޑީސީ، އެމްއޭސީއެލް، ކްލަބް ވެމްކޯ

ޕޮޓް 2: ދިވެހި ސިފައިންގެ ކްލަބް، ކްލަބް އެމްޓީސީ، ޓްރޭޑް ކްލަބް، ސްޓެލްކޯ ކްލަބް، ކްލަބް އިމިގްރޭޝަން، ޓީމު އެމްސީސީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ޔުނައިޓެޑް ބީއެމްއެލް

ޕޮޓް 3: މީޑިއާނެޓް، ރާއްޖެ އޮންލައިން ކްލަބް، ކްލަބް އޭވިއޭޝަން ސެކިއުރިޓީ، އެމްއެމްއޭ ސޯޝަލް ކްލަބް، ޓީމު އެލައިޑް، ޓީމު ސިވިލް ކޯޓު، ފެން ކްލަބް، ޓީމު ޔޫތު މިނިސްޓްރީ

ޕޮޓް 4: ޓީމު ޑީޖޭއޭ، އެޗްއޭއާރްސީ، ކްލަބް ޓީޓީއެސް، ކްލަބް އާސަންދަ، މުލިއާގޭ ރެކްރިއޭޝަން ކްލަބް، މޯލްޑިވިއަން، ކްލަބް އެއާޕޯޓްސް، މިފްކޯ ރެކްރިއޭޝަން ކްލަބް

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާގައި މި ފަހަރު ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން - އެމްޕީއެލް އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.