Advertisement

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފި

23 ސެޕްޓެންބަރު 2022 - 08:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާ ކުރަން ފެށީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ޒުވާން އަންހެނަކު މަރުވުމުން. -- ފޮޓޯ: އީޕީއޭ


އިރާނުގައި ހިނގަމުންދާ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފި

23 ސެޕްޓެންބަރު 2022 - 08:12 0

އިރާނުގައި ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ޒުވާން އަންހެނަކު މަރުވި މައްސަަލަ ހޫނުވެ ހިނގަމުންދާ ހަމަނުޖެހުން ހަފްތާއަކަށް ދެމިގެން ހިނގައްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މުޒާހަަރާތައް ހަމަނުޖެހުމަށް ބަދަލުވެ، ފުލުހުންނާއި އާއްމުންނާ ދެމެދު ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

މިހާރު 80 އަށް ވުރެ ގިނަ ސިޓީ އާއި އަވަށްތަކުގައި މުޒާހަރާ ކުރަމުންދާ އިރު، މަރުވި މީހުންގެ އަދަަދު 31 އަަށް އަރަ އެވެ.

މުޒާހަރާތައް ފެށީ ބުރުގާ ނާޅާ ހުރުމުން އިރާނުގެ ދީނީ ފުލުހުން ހައްޔަރު ކުރި ޒުވާން އަންހެނަކު ކުއްލި ގޮތަކަށް މަރުވުމުން، ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އިރާނުގައި އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ.

އުމުރުން 22 އަހަަރުގެ މަހްސާ އާމިނީ މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނީ ފުލުހުންގެ ކާރު ތެރޭގައި މަހްސާ އާމިނީއަށް އަނިޔާކުރި ކަމަށެވެ. އެކަމަކު ފުލުހުން އެކަން ދޮގުކުރެ އެވެ.

އެހެން ނަމަވެސް މަހްސާ އާމިނީގެ ބައްޕަ އަމްޖަދް ތުހުމަތު ކުރީ ފުލުހުން ދޮގު ހަދަމުންދާ ކަމަަށެވެ. އެގޮތުން ދަރިފުޅުގެ ހަށިގަނޑު އެއްކޮށް ބަލަން ނުދެއްކި ކަމަށް ބުންޏެވެ.

އޭގެ އިތުރުން މަހްސާ އާމިނީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި އޭނާއަކީ ކުރިން ވެސް ސިއްހީ މައްސަލަތަކެއް ހުރި މީހެއް ކަމަށް ބުނެފައިވާ ވާހަކަ ވެސް ދޮގުކުރި އެވެ.

"އެއީ ހުސް ދޮގު. ފާއިތުވި 22 އަހަަރުގެ ތެރޭގައި އޭނާ ދުވަހަކު ވެސް ބޮޑު ބައްޔެއް ދިމާވެގެން ހޮސްޕިޓަލަކަށް ގޮސްފައެއް ނުވޭ،" އަމްޖަދު ބީބީސީ ޕާޝިއަންއަށް ބުންޏެވެ.

މަހްސާ އާމިނީގެ މަރަށް ފަހު ހިނގަމުންދާ ހަމަނުޖެހުމުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު، ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކޮށްފައިވެ އެވެ.

ގިނަ އަދަދެއްގެ އަންހެނުން ވަނީ ބުރުގާތައް ބާލައި، އަޑު އުފުލައިފަ އެވެ. އަދި ފުލުހުންގެ ކާރު މަައްޗަށް އަރައި ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.