Advertisement

ބިންހެލުމެއްގައި ފަރުބަދަ މަތިން ގެއްލުނު މީހަކު 17 ދުވަސް ފަހުން ފެނިއްޖެ

23 ސެޕްޓެންބަރު 2022 - 08:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެ ބިންހެލުމުގައި 93 މީހުން މަރުވި. -- ފޮޓޯ: ގެޓީ


ބިންހެލުމެއްގައި ފަރުބަދަ މަތިން ގެއްލުނު މީހަކު 17 ދުވަސް ފަހުން ފެނިއްޖެ

23 ސެޕްޓެންބަރު 2022 - 08:12 0

ޗައިނާގެ ހުޅަނގު ދެކުނަށް އައި ބިންހެލުމެއްގައި ފަރުބަދަ މަތިން ގެއްލުނު މީހަކު 17 ދުވަަސް ފަހުން ދިރިހުއްޓައި ފެނިއްޖެ އެވެ.

ސިޗުއާން ޕްރޮވިންސަށް ސެޕްޓެމްބަރު ފަސް ވަނަ ދުވަހު އައީ 6.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމުގައި 93 މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

ބިންހެލުން އައުމުން، ގާން ޔޫ ނަމަކަށް ކިޔާ މީހަކު ނިންމީ އޭނާ ޑިއުޓީގައި ހުރި ހައިޑްރޯޕަވާ ޕްލާންޓް ދޫކޮށް ނުގޮސް، އެހެން މީހުންނަށް އެހީވާން މަޑު ކުރުމަށެވެ.

ގާން އާއި އޭނާއާ އެކު މަސައްކަތް ކުރާ ލުއޯ ޔޯންގް މަޑު ކުރީ ވަންޑޯންގް ހައިޑްރޯޕަވާ ޕްލާންޓުގައި އަނިޔާވެފައި ތިބި އެހެން މުވައްޒަފުންނަށް ފަރުވާ ދިނުމަށެވެ.

އޭގެ ފަހުން ފަރުބަދަ ތެރެއިން ފައިމަގުގަައި ރައްކާތެރި ހިސާބަށް ދާން ދެ މީހުން މަސައްކަތް ފެށި އެވެ. ބިންހެލުމުގައި އައިނު ގެއްލުމުން ގާން ޔޫއަށް ބޮޑު ގޮންޖެހުމަކާ ދިމާވި އެވެ.

ރެސްކިއު ޓީމުގެ ސަމާލުކަން ލިބޭތޯ ވެސް ގާން ޔޫ އާއި ލުއޯ ޔޯންގް މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބު ނުވުމުން، ބެމްބޫ ގަހުގެ ފަތުން އެނދެއް ހަދައި، ކެއުމަށް މޭވާކޮޅެއް އެއްކޮށް ދިނުމަށް ފަހު ގާން ޔޫ ދޫކޮށްލައި، ލުއޯ ޔޯންގް އެހީ ހޯދަން ހިނގައިގަތެވެ.

ރެސްކިއު ޓީމަށް ލުއޯ ޔޯންގް ފެނުނީ ސެޕްޓެމްބަރު އަށް ވަނަ ދުވަހު ސިގްނަލްއެއްގެ ގޮތުގައި އަލިފާން ރޯކުރުމުންނެވެ. އޭގެ ތިން ދުވަސް ފަހުން ރެސްކިއު ޓީމުން ގާން ޔޫ މަޑުކުރި ހިސާބަށް ދިޔަ އިރު، އޭނާ އެ ތަނަކު ނެތެވެ.

އެ ތަނުގައި ބަހައްޓާފައި ހުރި އަންނައުނުތަކަށް ބަލައި، ރެސްކިއު ޓީމުން ބުނީ މާ ބޮޑަށް ފިނިވެ ހައިޕޯތާމިއާގައި އޭނާ މަރުވެފައިވުން އެކަށީގެންވާ ކަމަަށެވެ.

އެހެން ނަމަވެސް ރެސްކިއު ޓީމުން އޮޕަރޭޝަން ކުރިއަށް ގެންދިޔަ އެވެ. ގާން ޔީ ދިރިހުއްޓައި ފެނުނީ 17 ދުވަސް ފަހުން އެ ސަރަހައްދުގެ އަވަށެއްގެ މީހަކު ރެސްކިއު ޓީމާ އެކު މަސައްކަތް ކުރަނިކޮށެވެ.

ރެސްކިއު ޓީމުން އެ ތަނަށް ގޮސް، ހެލިކޮޕްޓަރުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ބައެއް ކަށިތައް ބިނދިފައި ހުރުމުން ފަރުވާ ދޭން ޖެހުނެވެ.