Advertisement

ރިޝްވަތު ނެގުމުން ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޖަލަށް ހުކުމްކޮށްފި

23 ސެޕްޓެންބަރު 2022 - 05:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފޫ ޝެންގްހުއާ ވަނީ ކުށަށް އިއުތިރާފުވެފައި. -- ފޮޓޯ: ގެޓީ


ރިޝްވަތު ނެގުމުން ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޖަލަށް ހުކުމްކޮށްފި

23 ސެޕްޓެންބަރު 2022 - 05:40 0

ރިޝްވަތު ނެގުމުން ޗައިނާގެ ކުރީގެ ޖަަސްޓިސް މިނިސްޓަރު ފޫ ޝެންގްހުއާ އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ޝެންގްހުއާއަކީ ކޮރަޕްޝަނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގި ބައެއް ކެމްޕެއިންތަކުގަައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޮފިޝަލެވެ.

ރިޝްވަތުގެ ގޮތުގައި 14.7 މިލިއަން ޑޮލަރުގެ ހަދިޔާ އަދި ނަގުދު ފައިސާގައި ހިފި ކަމަށް އޭނާ އިއުތިރާފުވީ މިދިޔަ ޖުލައި މަހު އެވެ.

ބުރާސްފަތި ދުވަހު ޗަންގްޗުންގެ ކޯޓުން އޭނާއަށް މަރުގެ ހުކުމެއް އިއްވައި، ދެ އަހަރަށް ފަހު އެ ހުކުމް ޖަލު ބަންދަށް ބަދަލު ކުރަން ކަނޑައެޅި އެވެ.

ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އަންނަ މަހު އޮންނަ އިރު، އިސް އޮފިޝަލުންގެ ގިނަ މައްސަލަތަކެއް ވަނީ ކުއްލިއަކަށް ފެންމަތިވެފަ އެވެ.

ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. މި ފަހަރުގެ ކޮންގްރެސްގައި ޝީ ޖިންޕިން ތިން ވަނަ ދައުރަކަށް ރައީސްކަމުގައި ބަހައްޓަން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

މި ހަފްތާގެ ތެރޭގައި ޝެންގްހުއާގެ އިތުރުން ވެސް އެހެން އޮފިޝަލުންތަކަކަށް ކޮރަަޕްޝަންގެ ކުށުގައި ހުކުމް ކުރި އެވެ. އެ އެންމެންނަކީ ވެސް ޝީއަށް ބޭވަފާތެރި މީހުން ކަމަށް އަޑު ފެތުރިފައިވެ އެވެ.