Advertisement

ރިޒާވް ފައުޖު ހަނގުރާމައަށް ނެރެން އުޅޭތީ ގިނަ ބަޔަކު ރަޝިއާ ދޫކޮށް ދަނީ

23 ސެޕްޓެންބަރު 2022 - 08:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާ އާއި ޖޯޖިއާ ގުޅޭ ބޯޑަރު ކައިރިއަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި.


ރިޒާވް ފައުޖު ހަނގުރާމައަށް ނެރެން އުޅޭތީ ގިނަ ބަޔަކު ރަޝިއާ ދޫކޮށް ދަނީ

23 ސެޕްޓެންބަރު 2022 - 08:11 0

ޔޫކްރެއިން ހަނގުރާމައަށް ރަޝިއާގެ ރިޒާވް ފައުޖު ނެރެން ނިންމުމުން ގިނަ އަދަދެއްގެ މީހުން ގައުމު ދޫކޮށް ދާން މަސައްކަތް ކުރަން ފަށައިފި އެވެ.

ރަޝިއާގެ ރިޒާވް ފައުޖުގައި 25 މިލިއަން މީހުން ހިމެނެ އެވެ. ރައީސް ލެޑިމިއަ ޕުޓިންގެ ނިންމެވުމުގެ ދަށުން އޭގެ ތެރެއިން 300،000 މީހުން ހަނގުރާމައަށް ނިކުންނަން ޖެހިދާނެ އެވެ.

ރިޒާވް ފައުޖުގައި ހިމެނޭ ޝަރުތު ހަމަވާ މީހުން ގައުމު ދޫކޮށް ދާ ކަމަށް ފެތުރޭ ހަބަރު ހުޅަނގުގެ ނޫސްތަކުން ފަތުރަނީ ބޮޑުކޮށްގެން ކަމަށް ރަޝިއާއިން ބުނެ އެވެ.

އެހެން ނަމަވެސް ރަޝިއާ އާއި ޖޯޖިއާ ގުޅޭ ބޯޑަރު ކައިރީގައި އެތައް މޭލަކަށް ދެމިގެންދާ ދިގު ކިޔުތައް ހަދާފައި އޮތް މަންޒަރު ވީޑިއޯތަކުން އާއްމުވެފައިވެ އެވެ.

ރަޝިއާ މީހުން ކުރިން ވިސާ ނެގުމެއް ނެތި ފަސޭހަކަމާ އެކު އެއްގަމު އުޅަނދުގައި ބޯޑަރު ހުރަސްކޮށް އެތެރެވެވޭ މަދު ގައުމުތަކުގެ ތެރޭގައި ޖޯޖިއާ ހިމެނެ އެވެ.

ރަޝިއާއާ 1،300 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާ ކުރާ ފިންލޭންޑަށް އެތެރެވާން ވިސާ ބޭނުންވެ އެވެ. އެހެން ނަމަވެސް ފިންލޭންޑް ބޯޑަރު ކައިރީގައި ވެސް އުޅަނދުތައް ގިނަވި އެވެ.

ވައިގެ މަގުން ފަސޭހަކަމާ އެކު ދެވެން އޮތް އިސްތަންބޫލް، ބެލްގްރޭޑް އަދި ޑުބާއީ ފަދަ ތަންތަނުގެ ޑިމާންޑް އުފުލުމުން ކުއްލިއަކަށް ވަރަށް ބޮޑަށް ޓިކެޓްގެ އަގު ވަނީ މަތިވެފަ އެވެ.

ރިޒާވް ފައުޖުން މީހުން ހަނގުރާމައަށް ނެރެން ނިންމުމާ ގުޅިގެން މޮސްކޯ އާއި ސެއިންޓް ޕީޓާޒްބާގް ފަދަ ބައެއް ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މުޒާހަރާތަކުގެ ތެރެއިން 1،300 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ. ރަޝިއާއިން ބުނާ ގޮތުގައި ހަނގުރާމައަށް ނެރޭނީ އަސްކަރީ ތަޖުރިބާ ހުރި މީހުން އެކަންޏެވެ.