Advertisement

އޭޑީކޭގެ ބްރެއިން/ސްޕައިން ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި

22 ސެޕްޓެންބަރު 2022 - 21:31 0

ކޮންފަރެންސްގެ ބައިވެރިން. ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާކާރުން މި ކޮންފަރެންސްގައި ބައިވެރިވި --- ފޮޓޯ: އޭޑީކޭ


އޭޑީކޭގެ ބްރެއިން/ސްޕައިން ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި

22 ސެޕްޓެންބަރު 2022 - 21:31 0

އޭޑީކޭ ހޮސްޕިޓަލުން 2017 އިން ފެށިގެން ބާއްވަމުން އަންނަ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގެ ހަތަރު ވަނަ ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން އިންތިޒާމް ކުރާ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޑޮކްޓަރުންނާއި، ތަޖުރިބާކާރުންނާއި، ޕްރޮފެސަރުން ބައިވެރިވި އެވެ. އަދި، އެމްއެންޔޫގެ މެޑިސިން ސްކޫލުގެ ދަރިވަރުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޑޮކްޓަރުން ވެސް ބައިވެރިވި އެވެ.

މިއަހަރުގެ ކޮންފަރެންސްގައި ވެސް ވޯކްޝޮޕްތަކާއި ލައިވް ސާޖަރީ އަދި ޕެނަލް ޑިސްކަޝަންތައް ބާއްވާފައި ވެއެވެ.

އެގޮތުން، އެމެރިކާގެ ފިލަޑެލްފިއާގައި މަސައްކަތްކުރައްވާ ނިއުރޯ ސާޖަރީގެ ޕްރޮފެސަރެއް ކަމަށްވާ ޕްރޮފެސަރު ޕާސްކަލް ޖަބޫރު އަދި ޑރ. ކެނެތު ންވޯސޫ އާއި ޑރ. އަރްވިންދު ނަންދާއާ އެކު ވަނީ އޭޑީކޭގެ ކެތު ލެބު އަދި ހިތުގެ ފަރުވާ ދިނުމަށް ހާއްސަ ބައިގައި ވޯކްޝޮޕްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ހަމައެހެންމެ، ވަގުތުން ދައްކާ ސާޖަރީތަކާއި ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ހަދާފައިވާ ދިރާސާތަކާ ގުޅޭ ގޮތުން ގިނަ ސެޝަންތަކެއް ކްރޮސްރޯޑްސްގެ އިވެންޓު ހޯލުގައި ބޭއްވި ކޮންފަރެންސްގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

މިފަދަ ކޮންފަރެންސެއް އޭޑީކޭން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ކޮންފަރެންސް ހާއްސަކުރީ ހަމައެކަނި މައިބަދައިގެ ބަލިތަކަށެވެ. އަދި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ސާޖަރީއެއް ފުރިހަމަކުރީ ވެސް އެ ކޮންފަރެންސްގެ ތެރެއިންނެވެ.

އޭގެ ފަހުން 2018 އަދި 2019 ގައި ކޮންފަރެންސްގެ ދާއިރާތައް ފުޅާކޮށް ހުރިހާ ބާވަތެއްގެ ނާރުގެ ބަލިތަކަށް ހާއްސަކުރި އެވެ.