Advertisement

އާސަންދައިގެ އެމްޑީއަކަށް އައްޒާމް، މަރިޔަމް ޝަފީގު އެންސްޕާ ސީއީއޯ އަކަށް

22 ސެޕްޓެންބަރު 2022 - 19:52 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަރިޔަމް ޝަފީގު (ކ) އަދި އައްޒާމް (ވ) ---


އާސަންދައިގެ އެމްޑީއަކަށް އައްޒާމް، މަރިޔަމް ޝަފީގު އެންސްޕާ ސީއީއޯ އަކަށް

22 ސެޕްޓެންބަރު 2022 - 19:52 0

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަންކޮށް، ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ޝަފީގު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ސީއީއޯ ކަމަށް އައްޔަންކޮށްފި އެވެ.

އާސަންދައަށް އައްޔަން ކުރެއްވުމުގެ ކުރިން އައްޒާމް ހުންނެވީ އެންސްޕާގެ ސީއީއޯގެ މަގާމުގަ އެވެ. މަރިޔަމް ޝަފީގު އެންސްޕާއަށް އައްޔަން ކުރީ އައްޒާމް އިސްތިއުފާ ދެއްވުމުންނެވެ.

ތައިލެންޑްގެ ޗުލަލޯންކޯން ޔުނިވާސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ހާސިލްކޮށްފައިވާ މަރިޔަމް ޝަފީގު މީގެ ކުރިން ހުންނެވީ އާސަންދައިގެ އެމްޑީއަކަށެވެ. އޭނާ މީގެ ކުރިން ވެސް އެންސްޕާގެ ސީއީއޯކަން ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން، މިއަދު ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ، އަސަރީގެ، އަލީ އިކްރާމް ވެސް ވަނީ އައްޔަނުކޮށްފަ އެވެ.