Advertisement

މިފްކޯގެ 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި

22 ސެޕްޓެންބަރު 2022 - 19:09 0

ފެނަކައާ އައިސްޕްލާންޓުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: ފެނަކަ


މިފްކޯގެ 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި

22 ސެޕްޓެންބަރު 2022 - 19:09 0

ގައުމީ މަސް ކުންފުނި، މިފްކޯއިން ހިންގަމުން ދިޔަ 13 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.

ފެނަކަ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިސްޕްލާންޓުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީ އެވެ.

މި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމާ އެކު އެ ކުންފުނިން ވަނީ "ފެނަކަ އައިސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އައިސް ދުރާލާ އޯޑަރު ކޮށްލެވޭނެ އެވެ.

އެއާއެކު މަސްވެރިންނަށް ބޭނުންވާ އައިސް ވަގުތުން ވަގުތަށް ލިބި، އައިސް ނުލިބިގެން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ދެކެ އެވެ.

ފެނަކައިން ބުނި ގޮތުގައި މިއީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތަށް ގެންނަމުންދާ ޒަމާނީ އިންގިލާބީ ބަދަލުތަކުން ލިބުނު އިތުބާރުގެ މައްޗަށް ސަރުކާރުން ނިންމި ނިންމުމެވެ.